މީގެ 18 އަހަރު ކުރިން 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު "ވަތަނިއްޔާ" ގެ ނަމުގައި ދިވެހިންނަށް ތައާރަފުވެ ދިވެހިރާއްޖޭގެ މުއާސަލާތީ ވިއުގަ އުރީދޫ މޯލްޑިވްސްއިން މި ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ.
"ޑިޖިޓަލް ދުނިޔޭގައި" ރާއްޖެއަކީވެސް އެހެން ގައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރެވޭނޭ ގައުމެއްކަން އުރީދޫ މޯލްޑިވްސްގެ މިންނެތް މަސައްކަތުން މިވަނީ ސާބިތުކޮށްދީފައެވެ. މިއަދު މިއީ "ޑިޖިޓަލް ދިވެހިރާއްޖެ"އޭ މޭގައި އަތްޖަހާލާފައި ދިވެހިންނަށް ބުނެވެން އެބަ އޮތެވެ. އު ފުރުސަތު ފަހިކޮށްދިނީ ހަމަ އުރީދޫ މޯލްޑިވްސްއެވެ.
ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގެ ވިޔަފާރި "މޮނޮޕޮލީއެއްގެ" ގޮތުގައި އޮއްވާ، އެކަން ބަދަލުކޮށް މި ޙިދުމަތްދޭން އިތުރު ކުންފުންޏެއް ރާއްޖެ އައުން ވީ މި ދާއިރާ އިތުރަށް ކުރިއަރައިގެން ދިޔުމަށް މަގުފަހިވި ކަމަކަށެވެ. ފާއިތުވި 18 އަހަރުގެ މާޒީގައި ޓެލެ ކޮމިއުނިކޭޝަންގެ ދާއިރާގައި މި ސަރަޙައްދުގައި ވެސް ފާހަގަކޮށްލެވޭ ޤައުމަކަށް ރާއްޖެ މިވަނީ ވެފައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ އިތުބާރު ހޯދި ކާމިޔާބު ކުންފުނި އުރީދޫގެ ސަބަބުންނެވެ.
އެންމެ ފުރަތަމަ ޓޫޖީ ނެޓުވޯކުން ފެށިގެން އުރީދޫން ވަނީ ރާއްޖޭގައި ޚިދުމަތްފުޅާކޮށް 3ޖީއާއި 4ޖީގެ ހިދުމަތްވެސް ދީފައެވެ. މިހާރު މުޅި ރާއްޖެ މި ވަނީ އުރީދޫގެ އަވަސް 4ޖީ އިންޓަނެޓުން ގުޅާލާފައެވެ. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 5ޖީ ތަޢާރަފުކޮށް މިހާރު އަންނަނީ ފުޅާކުރަމުންނެވެ. އުރީދޫގެ އަމާޒަކީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު 5ޖީ ނެޓުވޯކެއް ގާއިމުކުރުމެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ ވައިފައި ކޯލިން ފަދަ ޒަމާނީ ހިދުމަތްތައް ދީފައެވެ. އަދި އެ ކުންފުންޏަށް އިންޓަނެޓުގެ ހިދުމަތް ދޭން ހުއްދަ ލިބުމާއެކު ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ވަނީ “ސުޕަ ނެޓް” ގެ ހިދުމަތް ދީފައެވެ. އަދި ފަސޭހަކަމާއެކު ބޭނުން ވަގުތެއްގައި ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްދުއްޓާއި މާލެ އަދި ހުޅުމާލޭގައި “ޑިޖިޓަކް ކިއޮސްކް” ވަނީ ގާއިމްކޮށްފައެވެ. ޑިޖިޓަލް ފައިސާ “އެމް ފައިސާ” އާއި އީ ކޮމާސް ހިދުމަތެއްގެ ގޮތުގައި “މޫލީ” ވެސް ތައާރަފުކޮށްފައިވެއެވެ.
މިފަހުގެ ތާރީޚު ދުށް އާލަމީ ވަބާއެއް ކަމަށްވާ ކޯވިޑް-19ގެ އެންމެ ނުރައްކާ އަދި އުނދަގޫ ހާލަތުގައި ކަސްޓަމަރުންނަށް ގޭގައި ތިބެގެން ހުރިހާ ޚިދުމަތެއް ހޯދޭނެ ގޮތް ކަށަވަރުކޮށްދިނެވެ. ބިލުތައް ދެއްކުމާއި ޚިދުމަތަކަށް އެދުން ވެސް ޑިޖިޓަލް ކުރިއެވެ. ކަރަންޓީނުގައި ތިބެގެން ވެސް ކަސްޓަމަރުންނަށް ދަތި ނުވާނެހެން ޚިދުމަތް ފޯރުކޮށްދިނެވެ.
ސަރުކާރުގެ ނެޓް ހެޔޮކުރުމުގެ ސިޔާސަތަށް ތަރުހީބު ދިނުމަށް އިންޓަނެޓް ޕެކޭޖުތަކުގެ އަގުވެސް ވަނީ ތިރިކޮށްފައެވެ. ހަމައެކަނި އަގު ތިރި ކުރީ ނޫނެވެ. އިންޓަނެޓްގެ ދުވެލި ވެސް އިހުނަށް ވުރެ ބާރުކޮށްދީފިއެވެ. އަދި ބާކީ ހުންނަ ޑޭޓާ އަނެއް މަހު ބޭނުން ކުރެވޭނެ ގޮތް ރާއްޖޭގައި ފުރަތަމަ ހެދީ އުރީދޫންނެވެ.
ފާއިތުވި ހަތަރު އަހަރުގެ ކާމިޔާބީތަކަށް ބަލާއިރު އެ ކުންފުނިން ވަނީ ޑެޑިކޭޓެޑް ޑޭޓާ ސެންޓަރެއް ގާއިމުކޮށްފައެވެ. އަދި ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި ގުޅުވާލާފައެވެ. އެ ކޭބަލް އެޅީ ލަންކާގެ މައުންޓް ލެވީނިއާއާއި ހުޅުމާލެއާ ދެމެދުއެވެ. މި ކޭބަލްގެ ދިގުމިނަކީ 840 ކިލޯ މީޓަރެވެ. މި ކޭބަލް އަޅާފައި ވަނީ 3،700 މީޓަރު އަޑީގައެވެ. މި ޕްރޮޖެކްޓްގެ ސަބަބުން އުރީދޫން ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ކަސްޓަމަރުންނަށް ބުރޫ ނާރާނެ ގޮތަށް ހިދުމަތްތައް ފުޅާކުރެވޭނެއެވެ. އުރީދޫން ރާއްޖެ އާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ވެސް ސަބްމެރިން ކޭބަލެއް އަޅާފައިވެއެވެ.
ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އައު އީޖާދީ ހިދުމަތްތަކެއް ތައާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައި ވެއެވެ. އުރީދޫގެ ތަސައްވުރާ އެއްގޮތަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުގެ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށް އުރީދޫން ބުނެއެވެ.
މިއަދު ހަނދާނަށް އަންނަނީ ވަތަނިއްޔާ އިޝްތިހާރުކުރުމަށް އުފެއްދި އިޝްތިހާރުގައި ހަސަނަށް އަންނަ ކޯލެވެ. ވައިގައި ހިފި އެ އިޝްތިހާރުގައި ހަސަނަށް އައި ކޯލަކީ މިއަދު އަހަރެމެން މި ދެކޭ "ޑިޖިޓަލް ދިވެހިރާއްޖޭ"ގެ ފެށުމެވެ.
އުރީދޫއަކީ ހަމަ ހަގީގަތުގައިވެސް "ދިވެހިންގެ ހިނިތުންވުމެވެ."