ފުޓުބޯޅަ ލީގުތައް ނުހަނު ފޯރިއާއި އެކު ބާލާ ފޭނުން މިވަގުތު ތިބީ މި ހިނގާ އޮގަސްޓު މަހުގައި ފެށިގެންދާ ލީގުތައް ބަލާލުމުގެ ފޮނި އިންތިޒާރުގައެވެ. 22/23 ސީޒަންގެ ފުޓުބޯޅަ ލީގުތައް މިއަހަރުގެ ޖޫން މަހުގައި ނިމުން އިރު އޯގަސްޓު 12 ވަނަ ދުވަހު އަނބުރާ ލީގުތަކުގެ އާ ސީޒަން ފެށިގެންދާނެއެވެ.
ފުޓުބޯޅައިގެ އެންމެ ވަރުގަދަ 4 ލީގު ކަމަށްވާ، އިނގިރޭސި ޕުރިމިއަރ ލީގް، ސްޕެނިޝް ލަލީގާ، އިޓާލިއަން ސެރި އާ އަދި ފުރެންޗް ލީގް 1 ގެ މެޗުތައް މިފަހަރުވެސް ފެނިގެންދާނީ ހަމައެކެނި މީޑިއާނެޓު މެދުވެރިކޮށް އައިސް ނެޓްވޯކުގެ ޗެނަލްތަކުންނެވެ.
ނިމިދިޔަ ސީޒަންތަކުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމްތަކަށް ނަޒަރު ހިންގާލާ އިރު، ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ގިނަ ބަޔަކު ބަލާ ފުޓުބޯޅަ ލީގު ކަމުގައި އިނގިރޭސި ޕުރިމިއަރ ލީގުގެ ތަށި އުފުލާލީ މެންޗެސްޓަރ ސިޓީއެވެ. ޕެޕް ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން ސިޓީ އިން 5 ތަށި ނެގި އިރު ޖުމްލަ 7 ލީގު ތަށި ވަނީ ސިޓީއިން ކާމިޔަބު ކޮށްފައެވެ. އަދި މިއީ ސިޓީއިން ވިދިވިގެން ލީގު ތަށި އުފުލާލި 3 ވަނަ ފަހަރެވެ. ލީގު ހުޅުވާ މެޗު ކުޅޭނީ 12 އޯގަސްޓް ވާ ހޮނިހިރު ދުވަހުގެ 00:00 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗަސްޓަރ ސިޓީއާއި އަލަށް ލީގަށް ޕުރޮމޯޓްވި ބާންލީއެވެ.
ލީގުތަކުގެ 2 ވަނައަށް އެންމެ ގިނަމީހުން ބަލާ ސްޕެނިޝް ލަލީގާ ގެ ޗެމްޕިއަންކަން ނެގީ ބާސެލޯނާއެވެ. ފާހަގަ ކޮށްލެވޭ ކަމަކީ، ބާސެލޯނާއަށް ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާދީފައިވާ ޒަވީ ގެ ކޯޗުކަމުގެ ދަށުން ކާމިޔަބު ކުރި ފުރަތަމަ ލީގު ތަށީގެ އިތުރުން ލީގުގެ ތާރީހުގައި ބާސެލޯނާއިން ކާމިޔާބު ކުރި 27 ވަނަ ތައްޓެވެ. 11 އޯގަސްޓުގައި ލީގު ފެށިގެންދާއިރު، ފުރަތަމަ މެޗެއްގެ ގޮތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަލްމޭރިއާ އަދި ރަޔޯ ވެލްކަނޯ ބައްދަލުކުރާ މެޗެވެ. މި މެޗެ ކުޅޭނީ ހުކުރު ދުވަހުގެ ރޭގަނޑު 22:30 ގައެވެ.
ވާދަވެރި އިޓާލިއަން ލީގުގެ ވަރުގަދަ ޓީމުތައް ފަހަތައް ޖައްސާލުމަށްފަހު މި ލީގުގެ ފަހުރުވެރި އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ނަޕޯލީއެވެ. އެންމެ ފަހުން ނަޕޯލީއިން ލީގު ތައްޓެއް ކާމިޔާބު ކޮށްފައިވަނީ މީގެ 33 އަހަރު ކުރިން 1990 ވަނަ އަހަރުގައެވެ. މި ފެށޭ އާ ސީޒަންގެ ލީގު ހުޅުވާ މެޗުގައި ބައްދަލުކުރާނީ ފުރުސިނޯން އަދި ނަޕޯލީ ގެ އިތުރުން އެމްޕޯލީ އަދި ވެރޯނާ އެވެ. މި މެޗު ކުޅޭނީ އޯގަސްޓް 19 ވާ ހޮނިހިރު ދުވަހުގެ ރޭ 21:30 ގައެވެ.
ފުރާންސްގެ ލީގް 1 އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޕީ އެސް ޖީއެވެ. މިއި ޕީ އެސް ޖީ އިން ކާމިޔާބުކުރި 11 ވަނަ ލީގު ތައްޓެވެ. މި ފެށޭ އާ ސީޒަންގެ ލީގު ހުޅުވާ މެޗު ކުޅޭނީ އޯގަސްޓް 12 ވާ ހޮނިހިރު ދުވަހެވެ. މެންދަމު 12 ޖަހާއިރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނައިސް އަދި ލީލްއެވެ.
ލީގުތަކުގެ ފުރަތަމަ ހަފްތާގައި ފެންނާނެ ވަރުގަދަ ކުރިމަތިލުންތައް؛
އިނގިރޭސި ޕުރިމިއަރ ލީގް
- ބާންލީ vs މެންޗެސްޓަރ ސިޓީ ( 12 އޯގަސްޓް، 00:00)
- އާސެނަލް vs ނޮޓިންހަމް ފޮރެސްޓް (12 އޯގަސްޓް، 16:30)
- ޗެލްސީ vs ލިވަޕޫލް (13 އޯގަސްޓް، 20:30)
- މެންޗެސްޓަރ ޔުނައިޓެޑް vs ވުލްސް (15 އޯގަސްޓް، 00:00)
ސްޕެނިޝް ލަ ލީގާ
- ސެވިއްޔާ vs ވެލެންސިއާ (12 އޯގަސްޓް، 00:30)
- ބިލްބާއޯ vs ރިއަލް މެޑްރިޑް (13 އޯގަސްޓް، 00:30)
- ގެޓާފޭ vs ބާސެލޯނާ (14 އޯގަސްޓް، 00:30)
- އެތްލެޓިކޯ މެޑްރިޑް vs ގްރެނާޑާ (15 އޯގަސްޓް، 00:30)
އިޓާލިއަން ސެރި އާ
- ފުރުސިނޯން vs ނަޕޯލީ (19 އޯގަސްޓް، 21:30)
- އިންޓަރ މިލާން vs މޮންޒާ (19 އޯގަސްޓް، 23:45)
- ރޯމާ vs ސެލެނިޓާނާ (20 އޯގަސްޓް، 21:30)
- އުޑްނީޒް vs ޔުވެންޓަސް (20 އޯގަސްޓް، 23:45)
- ބޮލޮގްނާ vs އޭސީ މިލާން (21 އޯގަސްޓް، 23:45)
ފުރެންޗް ލީގް 1
- ނައިސް vs ލީލް (12 އޯގަސްޓް، 00:00)
- މާސޭ vs ރެއިމްސް (12 އޯގަސްޓް، 20:00)
- ޕީ އެސް ޖީ vs ލޮރިއެންޓް (13 އޯގަސްޓް، 00:00)
- ކެލެމޮންޓް ފޫޓް vs މޮނާކޯ (13 އޯގަސްޓް، 18:00)
- ސްޓްރާސްބަގް vs ލިޔޯން (13 އޯގަސްޓް، 23:45)
ދުނިޔޭގެ އެންމެ ނަން ހިނގާ މި ހަތަރު ލީގުގެ މެޗުތަކުގެ އިތުރުން މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑްކަޕް އާއި ކުލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ހުރިހާ މެޗެއްވެސް ހަމައެކަނި ބަލާލެވޭނީ މީޑިއާނެޓް މެދުވެރިކޮށް އައިސްގެ ޗެނަލްތަކުންނެވެ. މީގެ އިތުރުން ބުންޑެސް ލީގާ، ޔުއެފާ ޗެމްޕިއަންސް ލީގް، ޔޫރޮޕާ ލީގް އަދި އެފް އޭ ކަޕް ގެ މެޗުތައްވެސް މީޑިއާނެޓްގެ ކަސްޓަމަރުންނަށް ޓީވީ އިންނާއި ފޯނުގެ ޒަރިއްޔާއިން ކޮންމެ ވަގުތަކު އަދި ކޮންމެ ތާކު ހުރެގެންވެސް ބަލާލެވޭނެއެވެ.