މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހެކެވެ.
މިއަދު ދުނިޔޭގެ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، ޒުވާން ޖީލުގެ ކުޅަދާނަކަމާއި ޤާބިލުކަން ދެމެހެއްޓުމަށް އެތަކެއް ޖަމިއްޔާތަކާއި ކުންފުނިތައް މުހިއްމު ދައުރެއް އަދާކުކުރާކަން އަހަރެމެންގެ ހަނދާނަށް ގެންނަންޖެހެއެވެ.
އެގޮތުން ބަލާއިރު ވިލާ ފައުންޑޭޝަނަކީ މިކަމުގެ ލާމަސީލު ނަމޫނާއެކެވެ. ޗެއާމަން ޤާސިމް އިބްރާހީމްގެ އިރުޝާދުގެ ދަށުން ވިލާ ގްރޫޕް ރާއްޖޭގައި މަސައްތްކުރާތާ ގާތްގަނޑަކަށް 40 އަހަރު ވާއިރު ޒުވާނުންނަށް އެކި ފުރުސަތުތައް ހޯދައިދިނުމަށް ވިލާ ގްރޫޕުން ބޮޑު އިސްކަމެއް ދެއެވެ. ސްކޮލަރޝިޕްތަކާއި، ގްރާންޓްތަކާއި އެހެނިހެން ފުރުޞަތުތަކާއި އެކު ޒުވާނުންގެ މުސްތަގްބަލު ފަހިކޮށްދީ މުޖްތަމައުގައި ލީޑަރުން ބިނާކުރުމަށް ވިލާ ގްރޫޕުންވަނީ އެތަކެއް މަސައްކަތްތަކެއްކޮށްފައެވެ.
ވިލާ ފައުންޑޭޝަނަކީ އުފެދުނީއްސުރެ ޒުވާނުންނަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިއްމުކަން ދެނެގަނެގެން މަސައްކަތްކުރަމުން އަންނަ ޖަމިއްޔާއެކެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ބޭނުންވާ އަސާސީ އެހީ ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް ޖަމިއްޔާއެވެ.
މިގޮތުން، ޑޮކްޓްރީކަން، ވަކީލުކަން، ސައިންސް، އިންޖިނިއަރިންގް، އެކައުންޓިންގް، ގަވަނިންގް، މަސްވެރިކަން އަދި ހޮސްޕިޓަލިޓީ ފަދަ އެކި ސިނާއަތްތަކަށް އަމާޒުކޮށް މާލީ އެހީތެރިކަން ވަނީ ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ. ރާއްޖޭގައި ހިންގާ ކޯސްތަކަށް އެހީތެރިކަން ދިނުމުގެ އިތުރުން ވިލާ ފައުންޑޭޝަނުން ވަނީ 30އަށް ވުރެ ގިނަ ޤައުމުތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މަގުފަހިކޮށްދީފައިވެއެވެ. ނަތީޖާއަކީ އެކި ދާއިރާތަކުން އިލްމު އުނގެނިގެން ތިބި މޮޅު ދަރިވަރުން އެހާސިލްކުރި ހުނަރާއި ތަޖުރިބާއާއި އެކު އަނބުރާ ރާއްޖެ އައިސް ރާއްޖޭގެ އިޤްތިސޯދު ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.
ވިލާ ފައުންޑޭޝަނުން ދޭ އެއްބާރުލުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ދަރިވަރުން އިލްމީ ގޮތުން ކުރިއަރައި، ޒުވާނުން ތަރައްގީކުރުމަކީ ހަމައެކަނި ވިލާ ފައުންޑޭޝަނުން ބާރުއަޅާ ކަމެއް ނޫންކަން ހާމަވެއެވެ. މިއީ މުޅި ވިލާ ގްރޫޕުންވެސް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އެގޮތުން ވިލާ ކޮލެޖާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އުފެއްދީ ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔޮތުންނަށް އިލްމު އުނގެނުމާއި ކުރިއެރުމުގެ ސަގާފަތެއް އާލާކޮށް، ތަޢުލީމީ ފުރުޞަތުތައް ހޯދައިދިނުމަށެވެ. މިފަދަ މުއައްސަސާތަކަކީ ރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމަށާއި މުޖުތަމައު ކުރިއެރުމަށް ވިލާ ގްރޫޕުން ކުރާ ޚިދުމަތުގެ ނަމޫނާއެވެ.
އްޖޭގައި ޒުވާނުން ބާރުވެރިކުރުވުމަށް ވިލާ ފައުންޑޭޝަނުން ކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ ޚިދުމަތްތަކަކީ ކޯޕަރޭޓް އިޖްތިމާޢީ ޒިންމާއިން މާނަހުރި ބަދަލެއް ގެނެސްދެވޭނެ ގޮތުގެ މިސާލެކެވެ. ޗެއާމަން ޤާސިމް އިބްރާހީމްގެ ތަޞައްވުރު ބޮޑު ލީޑަޝިޕާއި ވިލާ ގްރޫޕުން ރާއްޖޭގެ ޒުވާނުން ބައްޓަން ކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން އެތަކެއް ފަރުދުން ބާރުވެރިވެ ރާއްޖެއަށް އުޖާލާ އަދި ފާގަތި މުސްތަގުބަލެއްގެ ބިންގާވަނީ އެޅިފައެވެ.
ވިލާ ފައުންޑޭޝަންގެ ތަރިކަ ކުރިއަށްދާއިރު، ޝައްކެއްވެސް ނެތް ގޮތުގައި، އެ ފައުންޑޭޝަންގެ މަސައްކަތުގެ އަސަރު އެތަކެއް ޖީލުތަކަކަށް ދެމިގެންގޮސް، ކާމިޔާބީއާއި ކުރިއެރުމުގެ އުސްމިންތަކަކަށް މަގުދައްކާނެ ލީޑަރުން ވަނީ ބައްޓަންވެފައެވެ.