ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަނުގައި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް، ހުރިހާ ހަރަދެއް ހިމެނޭހެން މެލޭޝިއާ އާއި ތައިލެންޑަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަދި އަލަށް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން، 31 އޮކްޓޯބަރުގެ ކުރިން ކްރެޑިޓް ލިމިޓްގެ 80 އިންސައްތަ ބޭނުންކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް، 1،500 ރުފިޔާގެ ކޭޝްބެކް ލިބޭނެއެވެ. މީގެއިތުރުން 31 އޮކްޓޯބަރުގެ ކުރިން ބީއެމްއެލް ރިވާޑްސްއަށް ރަޖިސްޓަރކުރާ އައު ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އިތުރު 1000 ރިވާޑް ޕޮއިންޓް ލިބިގެންދާނެއެވެ.
އަލަށް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި މިހާރުވެސް ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން 31 އޮކްޓޯބަރުގެ ކުރިން ކްރެޑިޓް ކާޑުން 3000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެކަމަށް ބޭންކުން މައުލޫމާތުދެއެވެ.
ރައްޔިތުންނަށް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ގިނަ މަސައްކަތްތަކެއް ކުރާއިރު ދޭތެރެދޭތެރެއިން އަންނަނީ މިފަދަ ޕްރޮމޯޝަންގެ ފުރުސަތުތައް ވެސް ކަސްޓަމަރުންނަށް ހުޅުވާލަމުންނެވެ.