ވިޔަފާރިތަކަށް ދެމުންދާ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހޯދައިދިނުމުގެ ގޮތުން 20 އޯގަސްޓް 2023 ވަނަ ދުވަހުން ފެށިގެން ކާޑު މެޝިނާއި ކާޑު މެޝިންގެ ރޯލު ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭ ބިޒްނަސް ސެންޓަރުން ކަމަށް ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބީއެމްއެލްއިން ގެނައި މިބަދަލާއެކު އޯކިޑްމާގެ މެދުވެރިކޮށް މި ހިދުމަތްތައް ދިނުން ހުއްޓާލެވޭނެއެވެ.

މާލޭ ބިޒްނަސް ސެންޓަރުގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ބްރާންޗް މެދުވެރިކޮށްވެސް ޕީއޯއެސް މެޝިންގެ ރޯލު ލިބޭނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރު، 143 އޭޓީއެމް، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.