1977 ވަނަ އަހަރު އުފެދުނު ޑެއިރީ ކުންފުންޏެއް ކަމުގައިވާ އަލްމަރައިއަކީ މިޑްލް އީސްޓުގައި ފާހަގަކޮށްލެވޭ ޑެއިރީ އުފެއްދުންތައް އުފައްދާ ކުންފުންޏެކެވެ.
ކުދި ބޮޑު ހުރިހައި އުމުރަކަށް ސިއްހަތަށް ފައިދާ ހުރި އެކި އުފެއްދުންތައް އެ ކުންފުނިން އުފައްދަމުން އަންނަ އިރު، އެ އުފެއްދުންތަކަށް ދުނިޔޭގެ ފެންވަރުގައި ރަންވަނަތައްވެސް ވަނީ ލިބިފައެވެ.
އެގޮތުން 2021 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި އޮތް ނެލްސަން އެވޯޑުގެ އެންމެ އުފެއްދުންތެރި އުފެއްދުމަކަށް ހޮވިފައިވަނީ އަލަމަރައިއެވެ. ނަތީޖާއަކީ ކަސްޓަމަރުންގެ މެދުގައި އަލްމަރާއިގެ އުފެއްދުންތަކާއި ދޭތެރޭ އޮންނަ އިތުބާރާއި ޔަގީންކަން އިތުރުވުމެވެ.
އަލްމަރައި އިން މިހާތަނަށް 40 އަށްވުރެ ގިނަ އުދެއްދުންތައް ވަނީ އުފައްދާފައެވެ. މިބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިލާމާޓުން ވިކައެވެ.
އެ އުފެއްދުންތަކުގެ ތެރެއިން މިފަހަރު މި ބަލާލާނީ އަލްމަރައި ބްރޭންޑުގެ ބަޓަރއަށެވެ.
ތަފާތު ސަބަބުތަކާ ހުރެ އަހަރެމެންގެ ކެއުމަށް ކާނާ ތައްޔާރުކުރުމުގައި ނުވަތަ ކެއްކުމުގައި ބަޓަރަކީ ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ އެއްޗެކެވެ. ބަޓަރގެ މުހިންމުކަން ފާހަގަވާ މައިގަނޑު ބައެއް ނުކުތާތަކަށް ބަލާއިރު، މިއީ ސިއްހަތައް ފައިދާ ހުރި މާއްދާތަކުން މުއްސަނދި، ކްރީމީ އަދި މީރު ރަހައަށް މަޝްހޫރު އެއްޗެކެވެ.
މީގެ ސަބަބުން ފިހުނު ކާނާއާއި ސޯސް އަދި ކައްކާފައި ހުންނަ ނުވަތަ ގްރިލްކޮށްފައި ހުންނަ ކާނާ ފަދަ ތަފާތު ޑިޝްތަކަށް ބަޓަރ ބޭނުން ކުރެއެވެ.
ބަޓަރ އެޅުމުން ޑިޝްތަކުގެ ފްލޭވާ ޕްރޮފައިލް މަތިވެ، ކެއުން އިތުރަށް ހިތްގައިމުކޮށްދެއެވެ.
އަލްމަރައި ބްރޭންޑުގެ ތަފާތު ބާވަތްތަކުގެ ބަޓަރ ޕްރޮޑަކްޓްތައް ވިލާމާޓުގައި ލިބެން ހުންނާނެއެވެ.
މިސާލަކަށް 200 ގްރާމް، 400 ގްރާމް އަދި ޕޯޝަން ބަޓަރ (10 ގްރާމް)އެވެ.
ބަޓަރުގައި ހަށިގަނޑަށް ފައިދާހުރި ޒަރޫރީ މާއްދާތައް އެކުލެވިގެންވެއެވެ.
ބަޓަރއަކީ ވިޓަމިން އޭ، ވިޓަމިން އީ އަދި ވިޓަމިން ކޭ ފަދަ ފެޓް ސޮލިއުބަލް ވިޓަމިންތައް އެކުލެވިގެންވާ ސިއްހަތަށް ރަނގަޅު އެއްޗެކެވެ. މިއީ ހަންގަނޑު ދުޅަހެޔޮކޮށް ދެމެހެއްޓުމަށާއި، ލޮލުގެ ފެނުމަށް އެހީތެރިވެދިނުމާއި، ރަނގަޅަށް ލޭ ދައުރުވުވުމަށް މަގުފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ބަޓަރގެ ސަބަބުން ކެލްސިއަމް، ފޮސްފަރަސް އަދި ސެލެނިއަމް ފަދަ އެހެނިހެން މުހިންމު ނިއުޓްރިއަންޓްސް ވެސް ލިބެއެވެ.
މިންހަމަ ކެއުމެއްގައި ބަޓަރގެ ކޮންމެވެސް މިންވަރެއް ބޭނުންކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ ކޮންމެ ކޮންމެ ބަޓަރެއް ކަމަކު ނުދާނެއެވެ. އެކަމަކު މިޑްލްއީސްޓުގައި އެއްވަނަ ޑެއިރީ ކުންފުނި އަލްމަރައިގެ ބަޓަރ ޕްރޮޑަކްޓްތަކަށް ގިނަ ބަޔަކަށް އިތުބާރުކުރެވެއެވެ. އަވަހަށް އަޖުމަ ބަލާލަމާތޯއެވެ؟
ވިލާ މާޓްގައި ވިއްކަން ހުރި ފާހަގަކޮށްލެވޭ އެހެނިހެން އެކްސްކްލޫސިވް އައިޓަމްތަކުގެ ތެރޭގައި، އަލްމަރައިގެ އުފެއްދުންތަކުގެ އިތުރުން ރާއްޖޭގެ މާކެޓަށް އައު ވައްތަރެއްގެ ޗޮކްލެޓެއް ކަމަށްވާ "ޓޯނީޒް" އަދި "ރޯސްޓަރ" ބްރޭންޑް ލުއިކާނާގެ އިތުރުން ކުޑަކުދިންނަށް ހާއްސަ "އެޓީ" ފަދަ ބްރޭންޑްތަައް ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން ބޮބްސް ރެޑް މިލްގެ އުފެއްދުންތައް ވެސް ފާހަގަކޮށްލެވެއެވެ. ބޮބްސް ރެޑް މިލްއަކީ ގުދުރަތީ، ސެޓިފައިޑް އޯގަނިކް އަދި ގްލޫޓަން ފްރީ މިލިޑް ގްރެއިންގެ ބާވަތްތައް އުފައްދާ ޒަމާންވީ ކުންފުންޏެކެވެ. އެމެރިކާ ސަރަހައްދުގައި މި ބްރޭންޑްގެ އުފެއްދުންތައް ވަރަށް ބޮޑަށް މަގުބޫލުއިރު، ވިލާ މާޓްއަކީ މި ބްރޭންޑްގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރއެވެ. އެގޮތުން މި ބްރޭންޑްގެ ވަރަށް ގިނަ ހޮޓް ސީރިއަލްގެ ބާވަތްތަކާއި އޯޓްމީލް ޗޮއިސްތައް ވިލާ މާޓުން ލިބޭނެއެވެ
ވިލާ މާޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވިލާ މާޓުން އާއްމުންނަށް ބޭނުންވާ މުދާ އަގު ހެޔޮކޮށް ލިބެން ހުންނާނެއެވެ. އަދި ވިލާ މާޓްގެ ފިހާރަތަކުގައި ވިލާ ޓްރޭޑިންގެ އަމިއްލަ ޕްރޮޑަކްޓްތައްވެސް ލިބެން ހުންނާނެއެވެ.
މީގެއިތުރުން އެހެން ފިހާރަތަކުން ނުލިބޭ ބައެއް ބްރޭންޑްތައް އެކްސްކުލޫސިވްކޮށް ހޯލްސޭލް އަދި ރީޓެއިލް ވެސް ކޮށްދެއެވެ.
"ވިލާ މާޓް"ގެ ނަމުގައި ފުރަތަމަ ފިހާރަ ހުޅުވާފައި ވަނީ އޯކިޑް މަގު ފެންޓަސީ ކައިރީގައެވެ. އަދި ދެވަނަ ފިހާރައެއް ހުޅުވާފައި ވަނީ މަޖީދީމަގުގައި މާވެޔޮ މަގާ ކައިރިންނެވެ. ޓީވީއެމް ކައިރީގައި ވެސް "ވިލާ މާޓް"ގެ ފިހާރައެއް ހުންނާނެއެވެ. ހުޅުމާލޭ އުތުރު އަވަށުގައި ރައްކުލައިގައި ހުންނަ 14 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ވެސް ވިލާ މާޓެއް ހުންނާނެއެވެ.
މާލޭގައި ދިރިއުޅޭ ފަރާތްތަކާއި އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ވިލާ މާޓްގެ ވެބްސައިޓް މެދުވެރިކޮށް އެ ފިހާރައިން ތަކެތި ގަނެވޭނެއެވެ. މާލެ އަދި ހުޅުމާލޭގައި ނަމަ ސީދާ ގެއަށް ޑެލިވަރީވެސް ކޮށްދޭނެއެވެ. އަތޮޅު ތެރޭގައި ދިރިއުޅުއްވާ ނަމަ ބޯޓާ ހަމައަށް ތަކެތި ގެންގޮސްދިނުމުގެ ޚިދުމަތް ވިލާ މާޓުން ފޯރުކޮށްދޭނެއެވެ.