އުފަންވާ ކޮންމެ ދަރިއަކަށް މާލީ އެހީއެއްގެ ގޮތުގައި 5000 ރުފިޔާގެ ވައުޗަރެއް ދިނުމަށް ގާސިމްގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

މި ވައުދަކީ އަންހެނުން ބާރުވެރިކުރުމަށް ގާސިމް އިބްރާހިމް އެކަށައަޅާފައިވާ ވައުދުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ވައުދެވެ.

އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދިނުމާއެކު މާލީގޮތުން ފުއްދުންތެރިނޫން އާއިލާތަކަށް ހެޔޮ ބަދަލުތައްކެ އަންނާނެ ކަމަށް އުއްމީދުކުރެވެއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާ އެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ "ބޭބީ ބޮކްސް"އަކީ ސަރުކާރުގެ 90 ދުވަސްތެރޭގައި ފުއްދުމަށް ސަރުކާރުން ވެފައިވާ ވައުދެއްނަމަވެސް ދައުރު ނިމިގެންދާއިރުވެސް މި ވައުދު ފުއްދިފައެއް ނުވެއެވެ.

އެންމެފަހުން ރައްޔިތުން މި ކަމާމެދު ނުރުހުން ފާކުރަން ފެށުމުން 2020ވަނަ އަހަރުވަނީ އެސްޓީއޯގެ ހާއްސަ ވައުޗަރެއް ހިފައިގެން އަންނަ ފަރާތްތަކަށް ހަދިޔާ ލިބޭނެ ކަމަށް ބުނާ ފޮޓޯތަކެއް މިސް މީޑިއާގައި އާއްމުކޮށްފައެވެ. އެ ވައުޗަރު ތަކުގައި ސަރުކާރުގެ ކުންފުނި އެސްޓީއޯ އާއި މައި ހޮސްޕިޓަލު އައިޖީއެމްއެޗްގެ ލޯގޯ ޖަހާފައިވާއިރު މިއީ އެސްޓީއޯއިން ކުރިއަށްގެންދިޔަ ހަރަކާތްތެއް ސަރުކާރުން "މެޑެލް"ޖަހާ އުސޫލުން ކަންކުުރުންކަމަށް ރައްޔިތުންއައީ ބުނަމުންނެވެ.

އޭގެ ފަހުން ސަރުކާރުން ބުނަމުންއައީ މި ވައުދު 2020 ވަނަ އަހަރުގެ ތެރޭގައި ފުއްދަން ފަށާނެކަމަށެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ނިމި 2023 ވަނަ އަހަރުގެ އިންތިހާބަށް ދެހަފްތާއެއްހާ ދުވަހަށް ވެފައިވާއިރުވެސް މިވައުދާ ގުޅޭގޮތުން އެއްޗެއް ބުނެލާ ކަމާބެހޭ ވެރިއަކު ނެތެވެ.

ބާރުވެރި އަންހެނާގެ ވައުދުތަކުގެ ތެރެއަށް އެކަށައަޅާފައިވާ އަނެއް ހާއްސަ ވައުދުތަކަކީ އެކަނިވެރި މައިންނަށް ހާއްސަ ކޯޓާއެއްގެ ތެރެއިން ބޯޯހިޔާހިކަން ދިނުމާއި، ސިޔާސީ މަގާމުތަކަށް ޖިންސީ ތަފާތުކުރުމެއްނެތި ތައުލީމީ ގާބިލު ބޭފުޅުން ހަަމަޖައްސާނެކަމުގެ ޔަގީންކަމާއި، އަންހެނުންގެ ރައްކާތެރިކަމާއި ހިމާޔަތައް ފުލުހުންގެ އިދާރާގައި ހާއްސަ ޔުނިޓެއް ގާއިމްކުރުމުގެ އިތުރުން ސަރުކާރުގައި އަދި އެހެންވެސް ވަޒީފާގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ތަފާތުކުރުން ނުގެންގުޅޭނެކަމުގެ ޔަގީންކަން ދިނުން ހިމެނެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ އަންހެނުން ބާރުވެރިކުރުވަން މަސައްކަތްކުރައްވާ ލީޑަރެކެވެ. އަންހެނުންނަށް ސަރުކާރުގެ އިސްސަފުން ޖާގަދިނުމުގެ ސިޔާސަތެއް އެކުލަވާލައި މެނިފެސްޓޯގައި ހިމެނި ފުރަތަމަ ޕާޓީއަކީވެސް ޖުމްހޫރީ ޕާޓީއެވެ.

އަންހެނުން ބާރުވެރިކުރުމުގެ ވާހަކަ އެންމެ ގަދަޔަށް ދައްކާ ޕާޓީއަކީވެސް އެޕާޓީއެވެ. ޖޭޕީގެ ކައުންސިލްގައި ގިނަ އަދަދެއްގެ ކަނބަލުން ތިއްބެވުމަކީ އެކަމުގެ ހެއްކެތް ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަންހެނުންނަށް އެންމެ ފަހި އަދި ގިނަ ފުރުސަތުތައް ހުރީ ޖޭޕީގައި ކަމަށާއި ޖޭޕީގެ ވެރިކަމެއްގައި ކޮންމެ މައިދާނެއްގައިވެސް އަންހެނުންނަށް ފުރުސަތުތައް ފަހިވެގެން ދާނެކަމަށް ކަނބަލުން އަންނަނީ ބުނަމުންނެވެ.