ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ހައިސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އޭލެވެލް (މަތީ ސާނަވީ) ފުރިހަމަކުރަން ބޭނުންވާ ދަރިވަރުންނަށް މިމަހުގެ 16 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ބަންދުވާން ވަގުތު ކުޑަތަންވެއްޖެއެވެ.

ވީއައިއެޗްއެސްއަށް ވަނުމުގެ ފުރުސަތު ހަމަވާނީ މިހިނގާ އޮގަސްޓުމަހުގެ 29 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގައެވެ.

މިކަމާ ގުޅިގެން "ވީނިއުސް" އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި، ވީއައިއެޗްއެސްގެ ޕްރިންސިޕަލް ސައީދު އަޙުމަދު ވިދާޅުވީ، އެ ސްކޫލުން އޭލެވަލް ހަދަން ބޭނުންވާ ދަރިވަރުންނަށް ހުޅުވާލި ފުރުސަތު ބަންދުވުމުގެ ސުންގަޑީ ގާތްވެފައިވާއިރު، މިހާތަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. ގިނަ އަދަދެއްގެ ދަރިވަރުންގެ އެޕްލިކޭޝަން ފޯމް ލިބެމުންދާތީ ޕްރިންސިޕަލް ސައީދުވަނީ އެންމެފަހު ވަގުތަށް މަޑުނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ޕްރިންސިޕަލް ސައީދު ވިދާޅުވި ގޮތުގައި، ފަހު ވަގުތު އެޕްލައިކުރަން މަޑުކޮށްފިނަމަ ޖާގަފުލްވެ، ޖާގަ ނުލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ވީއައިއެޗްއެސްގެ ވެބްސައިޓްގައިވާ އެޕްލައި އޮންލައިން ޕޯޓަލް މެދުވެރިކޮށް އަވަހަށް އޮންލައިން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ޕްރިންސިޕަލް ވަނީ އެދިވަޑައިގެންފައެވެ. އޮންލައިންކޮށް އެޕްލައިކުރުމުގެ އިތުރުން ސްކޫލް ހުޅުވިފައި ހުންނަ ގަޑިތަކުގައި [ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް] ވީއައިއެޗްއެސްގެ އިދާރީ ކައުންޓަރަށް ގޮސްގެންވެސް އެޕްލައިކުރެވޭނެކަން ޕްރިންސިޕަލް ސައީދު ފާހަގަކުރެއްވިއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހުންނާނީ މާލޭގައި ހިންގާ ޤާސިމް އިބްރާހީމް ކެމްޕަސްގަައެވެ. އެއީ ވިލާ ކޮލެޖް ވެސް ހިންގަމުން އަންނަ ކެމްޕަސްއެވެ.

ވީއައިއެޗްއެސްގެ ޕްރިންސިޕަލް ވިދާޅުވާ ގޮތުގައި، އެ ސްކޫލަކީ "ދަރިވަރުން އެންމެ ކިޔަވަން ދާން ބޭނުންވާ" ސްކޫލެވެ. އެ ސްކޫލުން ދަސްވެނިވާ ދަރިވަރުން ތިބޭނީ މަތީ ތައުލީމުގެ މަރުހަލާއަށް ފައްކާވެފައިކަން ފާހަގަކުރައްވަމުން ޕްރިންސިޕަލް ސައީދު ވިދާޅުވީ، އެ ސްކޫލުން ދޭ ތަރުބިއްޔަތުގެ ތެރެއިން ދަރިވަރުންނަކީ އަމިއްލައަށް އިސްނަގައިގެން ކިޔެވުމުގެ ޒިންމާ ނަގާ ބަޔަކަށް ވެގެންދާނެ ކަމަށެވެ.

"ވިލާ ހާއްސަވާ ވަރަށް ގިނަ ސަބަބުތައް އެބަހުރި، ފުރަތަމަ ކަމަކަށް އެތަނުގެ މާހައުލު ވަރަށް ރަނގަޅުވާނެ. ކިޔެވުމަށް ކުދިންގެ ހިތްޖެހޭ، އެކުދިންނަށް ކިޔަވަން ފަސޭހަވާނެ ގޮތަށް ބައްޓަންކޮށް ފަރުމާކޮށްފައިވާ މާހައުލެއް އެތަނަކީ. ވީއައިއެސްއެޗްއަކީ އުނގެނުމަށް ބޭނުންވާނެ ވަސީލަތްތައް ހުރި، ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގާއިމުކޮށްފައިވާ ސްކޫލެއް. ފެންވަރު ރަނގަޅު ލައިބްރެރީ، ލެބް ފަދަ ތަންތަން ގާއިމުކޮށްފައި ހުރި ކިޔެވުމަށް އެންމެ ރަނގަޅު ސްކޫލް ކަމަށް ދަންނަވާނީ."
ވީއައިއެސްއެޗްގެ ޕްރިންސިޕަލް ސައީދު އަހުމަދު

ޕްރިންސިޕަލް ސައީދު ފާހަގަކުރައްވާ ގޮތުގައި، އަމަލީ މަސައްކަތްތަކާއި ތަޖުރިބާތަކުގެ ތެރެއިންވެސް އެސްކޫލުން ކަންތައްތައް ދަސްކޮށްދޭނެއެވެ. އަދި އަމިއްލައަށް ކުރިއަށް ދާންވީ ދާއިރާއަކާ މެދު ވިސްނުމުގެ ފުރުސަތު ފަހިކޮށްދީ، ސްކޫލް ނިމޭއިރު ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާ އެނގޭނެ ގޮތަށް ކިޔަވައިދިނުމުގެ ކަންކަންވަނީ ބައްޓަންކުރެވިފައެވެ.

ވީއައިއެޗްއެސްގެ ޕްރިންސިޕަލް ސައީދު އަޙުމަދު

އެ ސްކޫލްގެ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން އެކިއެކި ތަޖުރިބާތައް ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެއެވެ. މިގޮތުން، ބޭރުގެ ޔުނިވާސިޓީތަކަށް ޒިޔާރަތްކުރުމާއި، ފެކްޓްރީތަކާއި ކުންފުނިތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާތަކެއް ހޯދުމުގެ ފުރުސަތުތައް ވެސް ދެއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަކީ، ކޮންމެ ދިރާސީ އަހަރަކުވެސް ގައުމީ ގަދަ ދިހައަކުން ގިނަ އަދަދެއްގެ ޖާގަ ހޯދާ ދަރިވަރުންތަކެއް ތައުލީމު ހާސިލުކުރާ ސްކޫލެކެވެ. ކިޔެވުމުގައި އެ ސްކޫލްގެ ދަރިވަރުން ހޯދާ ކާމިޔާބީތަކާ އެއްވަރަށް ކުޅިވަރާއި އަދަބީ މުބާރާތްތަކުންވެސް ރަންވަނަތައް އެސްކޫލްގެ ދަރިވަރުން އަންނަނީ ހާސިލުކުރަމުންނެވެ. އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ބޭއްވި އިންޓަރ ސްކޫލް ލަވަކިޔުމުގެ މުބާރާތުންވެސް ފަރުވެރި އެއްވަނައެއް ހޯދީ އެ ސްކޫލްއެވެ.

އެ ސްކޫލުން ކިޔަވައިދޭ އިހުތިޔާރީ މާއްދާތަކުގެ ގޮތުގައި ރާއްޖޭގެ އެހެން ސްކޫލްތަކުގައި ކިޔަވައިނުދޭ ބައެއް މާއްދާތައްވެސް ހިމެނެއެވެ. މިގޮތުން، ސައިކޮލޮކީ، ލޯ، އައިޓީ، ޑިޖިޓަލް މީޑިއާ އެންޑް ޑިޒައިން ހިމެނެއެވެ. ރާއްޖޭގެ ހައިސްކޫލެއްގައި އެންމެ ފުރަތަމަ ކޮމްޕިއުޓަރ ސައިންސް އަދި ޓްރެވެލް އެންޑް ޓުއަރިޒަމް ކިޔަވައިދޭން ފެށީވެސް ވިލާއިންނެވެ. އަދި އަލަށް ތައާރަފުކުރާ މާއްދާއެއްގެ ގޮތުން މިއަހަރުން ފެށިގެން ޗައިނީޒް ލޭންގުއޭޖް އެ ސްކޫލްގައި ކިޔަވައިދޭނެއެވެ.

މިއަހަރު ގުރޭޑު 11 އަށް ވަނުމަށް އެސްކޫލުން ވަނީ 800 ދަރިވަރުންނަށް ޖާގަދިނުމަށް ނިންމާފައެވެ. ރަނުގެ މި ފުރުސަތު ނަންގަވާނުލައްވައި ވަގުތު ފާއިތުވުމުގެ ކުރިން އަވަހަށް އެޕްލައިކޮށްލުމަށް ޕްރިންސިޕަލް ސައީދު އެދިވަޑައިގަންނަވައެވެ.