ފައިސާއިން މުދަލުޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލުގެނެސްފިއެވެ.
މުދަލު ޒަކާތުގެ ނިސާބަށް އައި ބަދަލު ހާމަކޮށް ނެރުނު އިއުލާނެއްގައި އިސްލާމިކް މިނިސްޓްރީން ވަނީ އޯގަސްޓުމަހުގެ 29 ވަނަ ދުވަހުން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ މިންވަރު 7،151.90 (ހަތްހާސް އެއްސަތޭކަ ފަންސާސް އެއް ރުފިޔާ ނުވަދިހަ ލާރި) ކަމުގައި ކަނޑައަޅާފައިވާކަމަށެވެ.
މުދަލު ޒަކާތަކީ ދީނުގެ ރުކުނެއްކަމުގައިވީއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިސާބުހަމަވާ މިންވަރަށް ފައިސާހުރެ އެ ފައިސާ ހުންނަތާ ޖިޖުރީ އަހަރުން 1 އަހަރުވުމުން ޝަރުއީ ހަމަތަކާއި އެއްގޮތަށް އޭގެ ސާޅީސް ބައިކުޅަ އެއްބައި (2.5 އިންސައްތަ) ޒަކާތުގެ ގޮތުގައި ނެރުމަށް ނެރުމަށް މިނިސްޓްރީންވަނީ ނަސޭހަތްތެރިވެފައެވެ.
ރާއްޖޭގައި ނިސާބު ބަލަނީ ރިހިންނެވެ.
މުދަލު ޒަކާތް ބަހަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ މެދުގައެވެ.
ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެއީ ތަނަވަސްކަމާއި މުއްސަދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި، ނިކަމެތީންނަށް ލިބިދޭ ދީނީ ހައްގެކެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވަނީ، މައިގަނޑު ތިން ޝަރުތެއް ހަމަވުމުންނެވެ. އެއީ މުދަލުގެ ނިސާބު ހަމަވުމާއި، ނިސާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން، އެއްއަހަރު ފުރުމާއި، ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެމުދާ ހުރުމެވެ.