މާލޭގައި މީހެއްގެ ގައިގައި މަރުތޭލަކުން ޖަހައި ނުރައްކާތެރި މާރާމާރީއެއް ހިންގައިފިއެވެ.

މި މާރާމާރީ ހިންގާފައިވަނީ ސޯސަންމަގުގައި ހުންނަ ވީޓީޓީގެ ސްޓޭޝަން ކައިރީގައިއެވެ.

މަންޒަރު ދުށް ވީޓީވީގެ ނޫސްވެރިއަކު ބުނީ، މާރާމާރީ ހިންގާފައި ވަނީ ދިވެހި ދެ ފިރިހެނުންގެ ދެމެދުގައި ކަމަށެވެ.

އޭގެތެރެއިން އެކަކު އައީ ސައިކަލެއްގައި މަރުތޭލެއް ހިފައިގެން ކަމަށާއި، އެމީހާ މަސައްކަތްކުރީ މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި އެ މަރުތޭލުން ޖަހަން ކަމަށް ނޫސްވެރިޔާ މައުލޫމާތުދިނެވެ.

އެހެންނަމަވެސް، ސައިކަލުގައި އައި މީހާއަށް ހަމަލާ ނުދެވި، އެމީހާ އަތުން ހިނގާފައި ދިޔަ މީހާ މަރުތެޔޮ އަތުލައި، ސައިކަލުގައި އައި މީހާއަށް އެއިން ހަމަލާ ދިނީކަމަށް މަންޒަރުދުށް ވީޓީވީގެ ނޫސްވެރިޔާ މައުލޫމާތުދީފައިވެއެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ކްރައިމް ސީންގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.