މިހާރުވެސް ރާއްޖޭގައި މިއޮތީ ގާތްގަޑަކަށް ބަރުލަމާނީ ނިޒާމެއް ކަމަށް ޖުމްހޫރީ ޕާޓީގެ އައު ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ދާޚިލީ ވަޒީރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
އަޒްލީން މިފަދައިން ވިދާޅުވީ، ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި މިހާރު މަޖިލީހަށް ހުށައެޅިފައިވާ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭ ގަރާރާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަޒުލީން ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ބޮޑެތި ޕާޓީތަކުގެ އިހުލާސްތެރިކަން ނެތް މިންވަރު ރައްޔިތުންނަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.
އަޒްލީން ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެންނަން ޕާޓީތަކުން މަސައްކަތްކުރަނީ ކޮންމެހެން ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށާއި ވެރިކަމުގެ ބޭނުމުގައި ކަމަށެވެ. އަދި މިއިން އެނގެނީ ވެރިކަމަށްޓަކައި އެ ޕާޓީތަކުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ކަމަށް އަޒުލީން ވިދާޅުވިއެވެ.
މިކަމަކީ ވެރިކަމުގެ ނިޒާމު ގަޑުބަޑުކުރުމަށް ހިންގާ އަމަލެއްގެ ގޮތުގައި އަޒްލީންވަނީ ސިފަކުރައްވާފައެވެ. އަޒްލީން ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި "ޗެކް އެންޑް ބެލެންސް" އުސޫލު ނެތިގޮސް އެއްބަޔަކުގެ މައްޗަށް އަނެއްބަޔަކު ފާރަވެރިވުމުގެ ނިޒާމު އުވިގެންދާނެކަމަށެވެ.
އެހެންކަމުން ނިޒާމީ ވޯޓަކުން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތްކަން ރައްޔިތުންގެ ވޯޓުން ބުނެދިނުމަށް އަޒްލީންވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި އިލްޔާސް ލަބީބެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 35 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމަކީ ފެށުނީއްސުރެ ރައީސް ނަޝީދު ގެންގުޅުއްވާ ތަސައްވުރެކެވެ. މީގެކުރިން 2007ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ.
އަދި އެ ޕާޓީއަކަށްޓަކައި ރައީސް ނަޝީދު ގުރުބާންވެވަޑައިގަތް އެމްޑީޕީން އެމަނިކުފާނު ބާކީވެ، ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ ވެސް، ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތަކާމެދު އެމަނިކުފާނާއި، އެ ޕާޓީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއި ރައީސް ޞާލިޙަށް ދަ ޑިމޮކްރެޓްސް އިން ތާއީދުކުރާނީ ވެސް، ނިޒާމީ ވޯޓެއް ނަގަން އެއްބަސްވާނަމަ ކަމަށްވާއިރު، ދެވަނަ ބުރަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ނިޒާމީ ވޯޓު ނެގުމަކީ ޕްރެކްޓިކަލް ކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވަނީ، އިންތިޚާބަށްފަހު ނޮވެމްބަރު 17ގެ ކުރިން ނިޒާމީ ވޯޓަކަށް ދިޔުމަށް ނަޝީދަށް ހުށަހަޅުއްވާފައިވާކަން ހާމަކުރައްވާފައެވެ.
ދަ ޑިމޮކްރެޓްސްއިން ހުށަހެޅި ގަރާރުގައި ވަނީ އޮކްޓޯބަރު 30ގެ ކުރިން ނިޒާމީ ވޯޓު ލުމަށެވެ.
ބަރުލަމާނީ ނިޒާމަށް ވުރެން އަދިވެސް ފުރިހަމަ ގޮތުގައި ވެރިކަން ކުރެއްވޭނީ ރިޔާސީ ނިޒާމުން