ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ލޭ ހަދިޔާ ކުރަން ކޭމްޕެއް ބާއްވައިފިއެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށް 2021 ވަނަ އަހަރު ބޭންކުން ވަނީ ނިންމާފައެވެ.

46 މުވައްޒަފަކު ވަނީ ލޭ ހަދިޔާކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި 60އަށް ވުރެ ގިނަ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ ލޭ ހަދިޔާކޮށްފައެވެ.

ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.