އައިފޯން 15 ޕްރޯ، އައިފޯން 15 އަދި އައިފޯން 15 ޕްރޯ މެކްސް، މޫލީ މެދުވެރިކޮށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.
އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފައިވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއި އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ 17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިންގ ޕޯޓް ހިމެނެ އެވެ.
އައިފޯންގެ މި އައު ލައިނަޕް ގެ ފޯނުތަކަށް މިއަދުން ފެށިގެން މޫލީ މެދުވެރިކޮށް ޕްރީއޯޑަރު ކުރެވޭނެކަމަށާއި ޕްރީ އޯޑަރު ކުރާ ކަސްޓަމަރުންނަށް 29 ސެޕްޓެމްބަރު ގައި ފޯނު ހަވާލުކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.
ޕްރީ އޯޑަރު ކުރާ ކަސްޓަމަރުންނަށް ހާއްސަ އަގެއްގައި އައިފޯން 15 ސީރީޒްގެ ފޯނުތައް މޫލީ މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދޭއިރު، ފޯނު ގަންނަ އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެން ދާނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ. ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަރ ކުރައްވާ ފަރާތްތަކުން "Bonus100GB" ކީވޯޑާ ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސް ކުރުމުން ބޯނަސް ޑޭޓާ ލިބިގެންދާނެ އެވެ.
އަގުގެ ތަފްސީލާއި އިތުރު މައުލޫމާތު މޫލީ ވެބްސައިޓުން ލިބޭނެއެވެ.