ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ދެވަނަ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެވެ.
މި ގޮތުން ހޮވުނު ދިހަ ޕްރޮޖެކްޓަކީ، ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް - ދަ ރީޑިންގ ރޫމް، އަންހެނުންނަށް ހާއްސަ ޕްރޮގްރާމް - އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާރސް، ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ.ފުލިދޫ، ސައުންޑް ސިސްޓަމެއް ގާއިމްކުރުން - ތުޅާދޫ ސްޕޯޓްސް ކްލަބް، ބ. ތުޅާދޫ، އައަޓްޑޯ ބީޗް ޝަވަރ އޭރިއާ - ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް، ހދ. ނޮޅިވަރަންފަރު، ކޮމިއުނިޓީ ޕްރޮގްރާމްސް - ފީނާ އެކަޑަމީ، ހއ. ދިއްދޫ، ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް - ނާދިލް މުތައްހިދީން، ށ. މަރޮށި، ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް - ކަޒިންސް ޔުނިޓީ ޓުވާރޑްސް އެމްޕަވަރމަންޓް، ރ. އަނގޮޅިޓީމު، ވިންސިއަރ ފުޓްބޯލް ޓްރެއިނިންގ ޕްރޮގްރާމް - ވިންސިއަރ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ތ. ގުރައިދޫ، ސްމާރޓް ސްކޫލް ސިސްޓަމްސް ހަރުކުރުން - މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަރމަންޓް ނެޓްވޯކް، ލ. ގަން، ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް - އިހަވަންދޫ މަސްވެރިންގެ ގުޅުން، ހއ. އިހަވަންދޫ އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް، އިކޯ ޕާކާއި ކޮމިއުނިޓީ ލައިބްރަރީއާއި އަދި މިނޫން ވެސް، މުޖުތަމައުއަށް ބޭނުންވާ އިޖުތިމާއީ އެތައް ޕްރޮޖެކްޓުތަކެއް ހިންގާފައިވެއެވެ.