އައިފޯން 15 ޕްރޯ، އައިފޯން 15 އަދި އައިފޯން 15 ޕްރޯ މެކްސް، މޫލީ މެދުވެރިކޮށް ޕްރީއޯޑަރު ކުރި ކަސްްޓަމަރުންނަށް އެ ކުންފުނިން ފޯނުތައް ހަވާލު ކުރަން ފަށައިފިއެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ރޭ ކުރިއަށް ގެންދިޔަ މި ހާއްސަ ހަރަކާތަކީ ކިއުގައި، ނުޖެހި ލައިވް މިއުޒިކާއެކު ހިތްގައިމު މާހައުލެއްގައި ފޯނާއި ހަވާލުވުމުގެ ތަޖުރިބާއެއް އުފައްދައިދިން ހަރަކާތެކެވެ.

ޕްރީއޯޑަރ ކުރި ކަސްޓަމަރުންގެ ތެރެއިން ފޯނާއި ހަވާލުވުމަށް ވަޑައިނުގަނެވުނު ކަސްޓަމަރުންނަށް މޫލީ އިން މިހާރު ވަނީ ފޯނުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވަރ ކުރުމުގެ މަސައްކަތްފަށާފައިވާ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފައިވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއި އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ 17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިންގ ޕޯޓް ހިމެނެއެވެ.

އުރީދޫއިން ބުނީ މޫލީ މެދުވެރިކޮށް އައިފޯން ޕްރީއޯޑަރ ކުރި ކަސްޓަމަރުންނަށް ހާއްސަ އޮފަރއެއްގެ ގޮތުން، އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަރ ކުރެއްވި ފަރާތްތަކުން "Bonus100GB" ކީވޯޑާ ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކޮށްލެއްވުމަށް އުރީދޫއިން އެދެއެވެ.

އައިފޯންގެ މި އައު ލައިނަޕްގެ ފޯނުތަކަށް އެދުމަށް އުރީދޫއިން ހުޅުވާލީ މިމަހުގެ 22 ވަނަ ދުވަހުއެވެ.