އައްޑޫ ސިޓީ ހިތަދޫ ފެހެލެ ކިޅި ސަރަހައްދުގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގެ ވަލުތެރޭގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯވެފައި ވާ ކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން މިހާރު އަންނަނީ އެ ސަރަހައްދުގައި އަލިފާން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރި ވަމުންނެވެ.

މި ހާދިސާގައި ރޯވެ އެނދި ސަރަަހައްދުގެ އިތުރު ތްފުސީލެއް މިހާތަނަށް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.