ޓީއޯއޭ ބްރޭންޑުގެ އިޕޮކްސީ ދަވާދު ތައްޔާރުކުރާ މެޝިނެއް ކަލަލޭންޑްއިން ރާއްޖެއަށް ތާރަފްކޮށްފިއެވެ.
ދުނިޔޭގެ ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ އިޕޮކްސީ ދަވާދަކީ ފެންކުލައާއި ތެޔޮކުލައަށްވުރެ ވަރުގަދަކޮށް ދަވާދުފަށަލައިގެ މަތީގައި އޮމާން ރައްކާތެރިކަމުގެ ދުލިފަށަލެއްއުފެދޭ ގޮތަށް ތައްޔާރުކުރެވޭ ވަކިން ޚާއްސަ އޮލަދަވާދެކެވެ. މިއީ ރެސިންއަދި ހާރޑުނަރާއި އެއްކޮށްގެން ބޭނުންކުރާގޮތަށް ހުންނަ މިދަވާދަކީ އިންޑަސްޓްރިއަލް އަދި ކޮމާޝިއަލް އެކިއެކި ކަންކަމުގައި ބޭނުންކުރާ ވަރަށް ޙާއްސަ ދަވާދެކެވެ.
އެގޮތުން ކޮންކުރީޓް ތަޅުމުގައާއި މެނުފަކްޗަރިން ޕްލާންޓްތަކާއި ވިޔަފާރިގެތަކާއި ޝޯރޫމްތަކާއި ބޮޑެތި ގުދަންއަދި ވެއާހައުސްތަކާއި ގަރާޖުތަކާއި އެއަރޕްލޭން ހޭންގަރތައް އަދި ހޮއްޕިޓަލްތަކުގައި މިދަވާދު ބޭނުންކުރެއެވެ. އިޕޮކްސީ ދަވާދަކީ ދިގުމުއްދަތަކަށް ވަރުގަދަކޮށް، ކުލަފަނޑުނުވެ ހިފާފައިހުންނަ މޮޅުއެއްޗެއްކަމުން އިންޑަސްޓްރިއަލް ފްލޯރިންއާއި އޮއިލް ޓޭންކާއި ހެވީ ވެހިކަލްއާއި ޑެކުގައިވެސް އިޕޮކްސީ ދަވާދު ބޭނުންކުރެވެއެވެ. މީގެއިތުރުން އިޕޮކްސީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ފާރުއަދި ތަޅުމުން ފެންވަނުމުގެ މައްސަލަތަކަށް ޙައްލުހޯދުމަށް ގިނަބަޔަކު އިޕޮކްސީދަވާދު ބޭނުންކުރެއެވެ.
ރާއްޖެއަށް މުޅިންއަލަށް ގެނެވުނު މިދަވާދު މެޝިނުން އިޕޮކްސީގެ ތަފާތު ބާވަތްތަށް ކަމުގައިވާ ތަޅުމުގައިލާ އިޕޮކްސީއާއި ފާރުގައިލާ އީޕޮކްސީއާއި ދަގަނޑުގައިލާ އީޕޮކްސީއާއި އަދި ލަކުޑީގައިލާ އީޕޮކްސީގެ ބާވަތްތަށް ތައްޔާރުކުރެވެއެވެ. އަދި މީގެ އިތުރުން ފެންތާނގީފަދަ ކާބޯތަކެތި ރައްކާކުރާ އިމާރާތްތަކުގެ އެތެރޭގައިލެވޭ ފޫޑް ގްރޭޑު(ކާބޯ ތަކެއްތި ވިހަނުކުރާ ބާވަތު)ގެ އީޕޯކްސީވެސް މިމެޝިނުން ތައްޔާރުކުރެވެއެވެ.
ދެކުނު އިރުމަތި އޭޝިއާގެ އެންމެ ބޮޑު ޑެކަރޭޓިވް ކުލަ އުފައްދާ ކުންފުނި ކަމުގައިވާ ޓީއޯއޭ ބުރޭންޑުގެ މިދަވާދުމެޝިނުން ރަލް ކާޑުގެ އާންމު ހުރިހައި ކުލައިގެދަވާދުގެ އިތުރުން ޓީއޯއޭ ހެވީޑިއުޓީ ދަވާދުތަކާއިއެކު ޖުމުލަ ތިންހާހަށްވުރެ ގިނަ ކުލައިގެ އިޕޮކްސީދަވާދު ތައްޔާކުރެވެއެވެ. އަދި އިމާރާތެއް ނުވަތަ ތަނެއްގައި ލާފައިވާ ކުލަ ނުވަތަ ދަވާދުކޮޅެއް ހިފައިގެން ކަލަލޭންޑްއަށް ދިއުމުން، އެކުލައަކާއި ދިމާވާ ދަވާދެއްވެސް މިމެޝިނުގެ އެހީގައި ތައްޔާތުކުރެވެއެވެ.
2012 ވަނަ އަހަރުން ފެށިގެން ދިވެހީންނަށް ދުނިޔޭގެ ފެންވަރުގެ މޮޅު ކުލައާއި ދަވާދާއި ކޮންސްޓްރަކްޝަން އަދި އިންޑަސްޓްރިއަލް ކެމިކަލް ފޯރުކޮށްދިނުމުގެ ޙިދުމަތް ދެމުންދާ ކަލަލޭންޑްގައި ޓީއޯއީ ބްރޭންޑްގެ އިޕޮކްސީ މެޝިނުގެ އިތުރުން އެބުރޭންޑުގެ ތެޔޮކުލަ އަދި ދަވާދު އުފައްދާ މެޝިނާއި ފެންކުލަ އުފައްދާ މެޝިން އަދި ވަރުނިހާއި ވޫޑްސްޓެއިންސް އުފައްދާ މެޝިންތައްހުރެއެވެ. ކަލަލޭންޑްއިން ރާއްޖެއަށް ފޯރުކޮއްދޭ ކުލައިގެ ބްރޭންޑުތަކުގެ ތެރޭގައި، ނިޕޮންއާއިލާގެ ތުރުކީގެ ބިޓެކްއާއި ތައިލޭންޑުގެ އީޖާދީ ކުލައެއްކަމުގައިވާ ބޭޔާރ ކުލައާއި ދަވާދުވެސް ވަގުތުން ތައްޔާރުކުރެވޭގޮތަށް ހުރެއެވެ.
ކަލަލޭންޑް ވިޔަފާރި ގުރޫޕުގެ ހުރިހައި ކުލަ ފިހާރައަކުން އިޕްކޮސީ ކުލައަށް އޯޑަރުދެވޭގޮތަށް ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން މާފަންނު ހަނދުވަރީ މަގުގައި ހުންނަ ކަލަލޭންޑްގެ މައި ފިހާރައާއި ހުޅުމާލެގައި ހުންނަ ދިކަލާސް ކުލަފިހާރައާއި ކުޅުދުއްފުށީގައި ހުންނަ ބިލްޑްޓެކް ހާރޑްވެއަރގެ ފިހާރައިން އޯޑަރުނަގައި ކުލަ ހިލޭ ޑެލިވެރީކޮށްދެއެވެ. އަދި ކަލަލޭންޑް ގުރޫޕުގެ ބިލްޑްޓެކް ހާރޑްވެއާރގެ ފިހާރަތަކުންވެސް އޯޑަރުދިނުމަށް އެހީރެތިވެދެއެވެ.
ކަލަލޭންޑްގެ ފިހާރަތަކުން އޯޑަރުނެގުމާއި މައުލޫމާތު އޮޅުންފިލުވުމަށް 7379778 އަދި 7737123 ގުޅުމަށް ނުވަތަ [email protected] އަށް އީމެލް ކުރެވޭނެއެވެ.
ކަލަރލޭންޑް ވިޔަފާރި ގުރޫޕަކީ ކުލަ ފިހާރައާއި ހާޑްވެރއަރ ފިހާރައާއި ކަނޑުދަތުރުކުރާ އުޅަނދުތަކަށް ބޭނުންވާ ސާމާނު ފޯރުވައިދޭ ފިހާރައާއި އެއްގަމުއުޅަނދުގެ ސްޕެއަފިހާރައާއި ބަދިގެ ސާމާނުގެ ފިހާރައާއި މެޑިކަލް އިކުއިޕްމެންޓްސްގެ ފިހާރައިގެ އިތުރުން ޕިއްޒާ ވިއްކުމުގެ ޙިދުމަތް ދިވެހީންނަށް ފޯރުކޮއްދެމުން އަންނަ ވިޔަފާރި ގުރޫޕްއެކެވެ.