އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރ، ފްރާންސް ފުޓުބޯޅައިގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން ހާއްސަ ލަކީޑްރޯއެއް ފަށައިފިއެވެ.

މި ހާއްސަ ލަކީ ޑްރޯއަކީ 18 އޮކްޓޯބަރުން ފެށިގެން 31 ޑިސެމްބަރު 2023 އާ ދޭތެރޭ އުރީދޫގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ލަކީޑްރޯއެކެވެ.

ޕެރިހައް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، 2 ރެއާއި 3 ދުވަހަށް ފުލް ބޯޑާއެކު އެކޮމޮޑޭޝަންގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީ ލައުންޖުން، 21 އޭޕްރީލް 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެއެވެ.

"އަޅުގަނޑުމެންގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރު ކަމަށްވާ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން، އަޅުގަނޑުމެންގެ އަގުހުރި ކަސްޓަމަރުންނަށް ޕެރިސްގައި ޕީއެސްޖީ ގެ މެޗެއް ބަލާލުމުގެ ފުރުސަތެއް ފަހި ކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ހާއްސަ އޮފާއަކީ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަމޫނާ މިސާލެއް. އަޅުގަނޑުމެން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފަގާތިކޮށް ތަފާތު އެކު ފުރުސަތުތަކާއި ގުޅުވާލަދިނުމަށް، އެގޮތުން ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ކުޅިވަރަކަށް ވުމާއެކު، މި ލަކީ ޑްރޯ ގެ ނަސީބުވެރިފަރާތަށް މިއީ ވަރަށް ހާއްސަ ތަޖުރިބާއެއް ކުރެވިގެންދާނެ ދަތުރެއްކަން ޔަގީން. ކުރިއަށް އޮތް ތަނުގައިވެސް، އަޅުގަނޑުމެންގެ އިންޓަނޭޝަނަލް ޕާރޓްނަރޝިޕްތައް މެދުވެރިކޮށް މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން."
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް

ޕެރިހުގައި ޕީއެސްޖީ އާއި ލިޔޯން މެޗް ލައިވްކޮށް ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ވަނީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިފައެވެ. ސުޕަރނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއާ ފައިބަރ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް މި ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކުން ވެގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.