ރާއްޖޭގައި ފުޅާދާއިރާގައި ހޯލްސޭލް އަދި ރީޓެއިން ވިޔަފާރި ކުރަމުން އަންނަ ވިލާ ޓްރޭޑިންގެ ވިލާމާޓްސްގެ ފަސްވަނަ ފިހާރަ ހުޅުވައިފިއެވެ.

ވިލާމާޓުގެ ހަތަރު ފިހާރައެއް މީގެކުރިން މާލެ އަދި ހުޅުމާލެ ހިމެނޭހެން ހުޅުވާފައިވާއިރު މާލޭގައި ހުޅުވާފައިވާ ފިހާރަތައް ހުންނަނީ މަޖީދީމަގުގައި އާއި، ދައުލަތުގެ މީޑިއާގެ ޓީވީ ސްޓޭޝަނަން ކުރިމައްޗަށް ކަހަލަ ގޮތަކަށް އަދި ފަރީދީ މަގު ފެންޓަސީ ކުރިމައްޗަށް ކަހަލަ ގޮތަކަށެވެ. ހުޅުމާލޭގައި ހުޅުވާފައި ހުންނަ ވިލާމާޓް ހުންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.

އަލަށް ހުޅުވި ވިލާމާޓުގެ ފަސްވަނަ ފިހާރަ ހުންނާނީ މާލޭގައި، ހެންވޭރު ކާސިންޖީ މަގުގައެވެ.

ވިލާމާޓަކީ ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ރީޓެއިލް އައުޓްލެޓްތަކެވެ. ވިލާމާޓުގެ ފިހާރަތަކަކީ، މާލޭގައި އެންމެގިނަ ބަޔަކު ވިޔަފާރި ކުރުމަށް އިޚްތިޔާރުކުރާ ފިހާރައެވެ. އާންމުންގެ ބޮޑު ތަރުހީބެއް ވިލާމާޓަށް ލިބެއެވެ.

ޖެނެރަލް ޓްރޭޑިންގަށް ހާއްސަކޮށްގެން އެ ކުންފުނި އުފެއްދީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

ވިލާމާޓުން އަލަށް ހުޅުވި ފިހާރައިން އެ ކުންފުނީގެ މައިގަނޑު ވިޔަފާރީގެ ގޮތުގައި ފާހަގަކޮށްލެވޭ ޕްރޮޑަކްޓުތައް ހެޔޮ އަގެއްގައި ލިބޭނެއެވެ. އޭގެތެރޭގައި ކޮސްމެޓިކްސްއާއި އެހެނިހެން ހައުސްހޯލްޑް އައިޓަމްތައް ހިމެނެއެވެ. މީގެއިތުރުން ވިލާމާޓުން ކޮލިޓީ ރަނގަޅު ކާނާއާއި އެކިއެކި ބުއިންތައް ވެސް ލިބެން ހުންނާނެއެވެ.

ވިލާމާޓުގެ އަމާޒަކީ އެ ކުންފުނީގެ ފިހާރަތަކުން ލިބޭ ޕްރޮޑަކްޓުތައް، ކަސްޓަމަރުން އެންމެ ބޭނުންވާ މިންގަނޑާ އެއްގޮތަށް ފޯރުކޮށްދޭ ޑިސްޓްރިބިއުޓަރުންގެ ތެރޭގައި ހިމެނުމެވެ.

ވިލާމާޓުން ވަނީ، ޒަމާނާ ގުޅޭގޮތަށް، އެންމެނަށް ވެސް ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެގޮތްތައް ފަހިކޮށްދީފައެވެ. އެގޮތުން ވެބްސައުޓުން އަދި އެޕްލިކޭޝަން މެދުވެރިކޮށް އެ ކުންފުނިން ވިއްކާ ހުރިހާ ޕްރޮޑަކްޓުތަކެއް ވެސް ބަލައިލައި، އޮންލައިންކޮށް ޝޮޕިންގ ކޮށްލެވުމުގެ އިތުރުން ޑެލިވަރީގެ ޚިދުމަތްތައް ވެސް ވިލާމާޓުން އަންނަނީ ދެމުންނެވެ.