ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވިލާ ޓުރޭޑިންއިން ހިންގާ "ވިލާ މާޓް"ގެ ފިހާރަތަކުން އެންމެ ހިނގާ އެކައްޗަކީ ޕްލެއިން ސޮލެއިލް ބުރޭންޑުގެ އުފެއްދުންތަކެވެ.

ޕްލެއިން ސޮލެއިލްއަކީ ވިލާ ޓްރޭޑިންއިން ރާއްޖެ ތައާރަފުކޮށްފައިވާ އުފެއްދުމަކަށްވާއިރު ވިލާ މާޓްގެ ފަސް ފިހާރާއިންވެސް މި ބްރޭންޑްގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބެން އެބަ ހުއްޓެވެ.

އެ ބްރޭންޑެއް ވުޖޫދުވިތާ 25 އަހަރު ފުރޭ ރިހި ޔޫބީލް އަންނަ އަހަރު ބައްދަލުކުރާނެއެވެ. ކަސްޓަމަރުންގެ އިތުބާރު ހޯދައި ފާއިތުވު 24 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ޕްލެއިން ސޮލެއިލް ބުރޭންޑުވަނީ ލުބުނާނުގެ ކާބޯތަކެތި އުފައްދާ ސިނާއަތުގައި އެންމެ މަގުބޫލު އެއް ބުރޭންޑަށް ވެފައެވެ.

ޕްލެއިން ސޮލެއިލް ބްރޭންޑުގެ އުފެއްދުންތަކަކީ ގުދުރަތީ ތަކެތި ބޭނުންކޮށްގެން އުފައްދާ ތަކެއްޗެވެ. ޕްލެއިން ސޮލެއިލްއިން އަންނަނީ ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދަމުންނެވެ. އެގޮތުން، ގަނޑުކުރި ތަރުކާރީ އާއި ފޮނިކާތަކެތި އަދި ދަޅުގައި ހުންނަ ކާނާ އާއި ތަފާތު ސޯސްތަކާއި ތަރުކާރީ ތެލާއި ފްރައިޒް އަދި ޑެއިރީ ކާނާގެ އިތުރުންވެސް ތަފާތު ވައްތަރުގެ ކާނާ އެ ކުންފުނިން އުފައްދައެވެ.

ވިހަ ކެމިކަލުން ދުރުހެލިވެ ގުދުރަތީ މާއްދާތަކުން ރައްކާތެރިކޮށް އުފައްދައި ފެންވަރު ރަނގަޅުކޮށް ބަންދުކޮށްގެން މިއުފެއްދުންތައް ބާޒާރަށް ނެރުމަކީ ޕްލެއިން ސޮލެއިލްގެ މަގުބޫލުކަން އިތުރުވެގެން ދިއުމުގެ އެއް ސިއްރެވެ.

މީގެ އުފެއްދުންތައް ތަޖުރިބާކޮށްލަން ބޭނުންވާ ކޮންމެ މީހަކަށްވެސް ވިލާ މާޓުން މިވަނީ އެކަން ފަހިކޮށްދީފައެވެ.

ޕްލެއިން ސޮލެއިލްއަކީ މިހާރުވެސް ދުނިޔޭގެ އަށް ގައުމެއްގައި ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ ބްރޭންޑެކެވެ. ޕްލެއިން ސޮލެއިލްއިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ގަނޑުކުރި ކާނާ ވިއްކުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައެވެ.

ވިލާ މާޓްގައި ވިއްކަން ހުރި ފާހަގަކޮށްލެވޭ ހާއްސަ އެކްސްކްލޫސިވް އައިޓަމްތަކުގެ ތެރޭގައި، މެދުއިރުމަތީ ގައުމުތަކުގައިވާ އެއް ނަންބަރު ޑެއިރީ ސަޕްލަޔަރ އަލްމަރައިގެ އުފެއްދުންތަކުގެ އިތުރުން "ރޯސްޓަރ" ބްރޭންޑް ލުއިކާނާ އަދި ކުޑަކުދިންނަށް ހާއްސަ "އެޓީ" ފަދަ ބްރޭންޑްތަައް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ބޮބްސް ރެޑް މިލްގެ އުފެއްދުންތައް ވެސް ފާހަގަކޮށްލެވެއެވެ. ބޮބްސް ރެޑް މިލްއަކީ ގުދުރަތީ، ސެޓިފައިޑް އޯގަނިކް އަދި ގްލޫޓަން ފްރީ މިލިޑް ގްރެއިންގެ ބާވަތްތައް އުފައްދާ ޒަމާންވީ ކުންފުންޏެކެވެ. އެމެރިކާ ސަރަހައްދުގައި މި ބްރޭންޑްގެ އުފެއްދުންތައް ވަރަށް ބޮޑަށް މަގުބޫލުއިރު، ވިލާ މާޓްއަކީ މި ބްރޭންޑްގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރއެވެ. އެގޮތުން މި ބްރޭންޑްގެ ވަރަށް ގިނަ ހޮޓް ސީރިއަލްގެ ބާވަތްތަކާއި އޯޓްމީލް ޗޮއިސްތައް ވިލާ މާޓުން ލިބޭނެއެވެ

ވިލާ މާޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވިލާ މާޓުން އާއްމުންނަށް ބޭނުންވާ މުދާ އަގު ހެޔޮކޮށް ލިބެން ހުންނާނެއެވެ. އަދި ވިލާ މާޓްގެ ފިހާރަތަކުގައި ވިލާ ޓްރޭޑިންގެ އަމިއްލަ ޕްރޮޑަކްޓްތައްވެސް ލިބެން ހުންނާނެއެވެ.

މީގެއިތުރުން އެހެން ފިހާރަތަކުން ނުލިބޭ ބައެއް ބްރޭންޑްތައް އެކްސްކުލޫސިވްކޮށް ހޯލްސޭލް އަދި ރީޓެއިލް ވެސް ކޮށްދެއެވެ.

"ވިލާ މާޓް"ގެ ނަމުގައި ފުރަތަމަ ފިހާރަ ހުޅުވާފައި ވަނީ އޯކިޑް މަގު ފެންޓަސީ ކައިރީގައެވެ. އަދި ދެވަނަ ފިހާރައެއް ހުޅުވާފައި ވަނީ މަޖީދީމަގުގައި މާވެޔޮ މަގާ ކައިރިންނެވެ. ޓީވީއެމް ކައިރީގައި ވެސް "ވިލާ މާޓް"ގެ ފިހާރައެއް ހުންނާނެއެވެ. ހުޅުމާލޭ އުތުރު އަވަށުގައި ރައްކުލައިގައި ހުންނަ 14 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ވެސް ވިލާ މާޓެއް ހުންނާނެއެވެ. އަދި އެންމެ ފަހުން ހުޅުވާފައިވަނީ ކާސިންޖީ މަގުގައެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކާއި އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ވިލާ މާޓްގެ ވެބްސައިޓް މެދުވެރިކޮށް އެ ފިހާރައިން ތަކެތި ގަނެވޭނެއެވެ. މާލެ އަދި ހުޅުމާލޭގައި ނަމަ ސީދާ ގެއަށް ޑެލިވަރީވެސް ކޮށްދޭނެއެވެ. އަތޮޅު ތެރޭގައި ދިރިއުޅުއްވާ ނަމަ ބޯޓާ ހަމައަށް ތަކެތި ގެންގޮސްދިނުމުގެ ޚިދުމަތް ވިލާ މާޓުން ފޯރުކޮށްދޭނެއެވެ.