ކުޑަކުދިންގެ ދިވެހި ވާހަކަ އެޕް – "އޯލަ" އާއި މޮބައިލް މަނީގެ ހިދުމަތް ފޯރުކޮށްދޭ އެމް-ފައިސާ ގުޅިގެން އޯލަ އެޕް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
އުރީދޫ މޯލްޑިވްސް އާއި އޯލައާއެކު ވެފައިވާ ޕާޓްނާޝިޕް އެކްގްރިމެންޓެއްގެ ދަށުން، އޯލަ އެޕް ބޭނުންކުރާ ބެލެނިވެރިންނާއި މުދައްރިސުންނަށް މިހާރު އެމް-ފައިސާ މެދުވެރިކޮށް ރައްކާތެރި ކަމާއެކު ފަސޭހައިން ސަބްސްކްރިޕްޝަން ފީ ދައްކާލެވޭނެއެވެ.
މިއީ އޯލަ އެޕްގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހަކަން ލިބިގަނެ އެޕް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ.
އޯލަ މީޑިއާގެ ކްރިއޭޓިވް ލީޑް، ސަމާހަތް އިބްރާހިމް ވިދާޅުވީ، އޯލަ އެޕަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް ޕޭމަންޓް މެތަޑެއްގެ ގޮތުގައި އެމް-ފައިސާ އިންޓަގްރޭޓް ކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި އެ މީޑިއާގެ އަމާޒަކީ އަބަދުވެސް ފެންވަރު ރަނގަޅު ދިވެހި ބަހުގެ ކޮންޓެންޓް ޒުވާން ކިޔުންތެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވިއެވެ.
އައިއޯއެސް، އެންޑްރޮއިޑް އަދި ޓެބްލެޓްތަކަށް ޑައުންލޯޑް ކުރެވޭ އޯލަ އެޕްލިކޭޝަނަކީ ތުއްތުކުދިންގެ މެދުގައި ދިވެހި ބަހަށް އޮތް ލޯބި އާލާ ކުރުމަށް ފަރުމާކޮށްފައިވާ އެޕެކެވެ.
އޯލަ އެޕްގެ އެންމެ ފަހުގެ އަޕްގްރޭޑާއެކު، ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގައި އުޅުއްވާ ފަރާތަކަށްވެސް ވެސް މި އެޕްއަށް ފަސޭހަ ކަމާއެކު ލޮގިން ވެވެއެވެ.
މީގެ އިތުރުން ބެލެނިވެރިންނަށް ވަކި ލޮގިންއެއް ހެދޭއިރު ފަސޭހަކަމާއި އެކު ރައްކާތެރި ތަޖުރިބާއެއް ކުދިންނަށް ކަށަވަރުކޮށްދެވެއެވެ.
އޯލަ އެޕް ބޭނުންކުރާ ފަރާތްތަކަށް ދެ ވާޝަނެއް ހުށަހަޅައިފާވެއެވެ.
"އަޖުމަ" ވާޝަންގައި އެއްވެސް އަގަކާ ނުލައި ދިވެހި ވާހަކަތަކާއި މުނިފޫހިފިލުވުން ހޯދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކޮންޓެންޓް ލިބޭނެއެވެ. ޕްރިމިއަމް ކޮންޓެންޓް ބޭނުންވާ ފަރާތްތަކަށް "ކިޔާމާ" ވާޝަންއަށް އަށް ސަބްސްކްރިބް ކުރުމުން ކޮންމެ މަހަކު މަދުވެގެން ތިން އާ ކޮންޓެންޓަށް ލިބިގެންދާނެއެވެ.
ސަބްސްކްރައިބް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ކޮންމެ މަހަކު 150 ރުފިޔާގެ ސަބްސްކްރިޕްޝަން ނުވަތަ މުޅި އަހަރަށް 1440 ރުފިޔާގެ ސަބްސްކްރިޕްޝަން އެއް ގަނެވޭނެއެވެ. މި ސަބްސްކްރިޕްޝަންއަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް މިހާރު އެމް-ފައިސާ ގެ ހިދުމަތް، އޯލަ އެޕް ބޭނުންކުރާ ފަރާތްތަކަށް ހިޔާރު ކުރެވޭނެއެވެ.
އޯލަ އެޕްލިކޭޝަނަކީ ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ އެޕްލިކޭޝަނެކެވެ. އޯލަ އެޕް މެދުވެރިކޮށް އެމް-ފައިސާ ދެއްކުމުގެ ފަސޭހަކަން ތަޖުރިބާކުރުމަށްޓަކައި، އެންމެ ފަހުގެ ވާޝަނަށް އެޕް އަޕްޑޭޓްކޮށް، ސަބްސްކްރައިބް ކުރާއިރު އެމް-ފައިސާ ޚިޔާރުކުރާށެވެ.
އޯލަ އެޕް ޑައުންލޯޑް ކުރެއްވުމަށް https://oala.app/download/ ޒިޔާރާތްކުރައްވާށެވެ.
އެމް-ފައިސާއަށް ރަޖިސްޓްރީވުމަށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާށެވެ: http://ore.do/mf