އަޔަން ޑޯމްގައި މައްސަލަޖެހި އިސްރާއީލުގެ މެދުތެރެ ގޮވައި ކުދިކުދިވަމުން އެބަދެއެވެ.

އަޔަން ޑޯމްއަކީ އިސްރާއީލަށް އަމާޒުކޮށް ޣައްޒާ ތެރެއިން ހަމާސްއާއި، އިސްލާމިކް ޖިހާދުން ފޮނުވާ އެތައްހާސް ރޮކެޓާއި، މިސައިލް އިސްރާއީލުގެ ރަށްތަކަށް ވެއްޓުމުގެކުރިން ކުދި މިސައިލްތައް ފޮނުވައި ގޮއްވާލާ ނިޒާމެކެވެ.

އެއީ، އެމެރިކާއިން ދީފައިވާ މިސައިލުން ދިފާއުވާ އެންމެ ޒަމާނީ އައްޑަނައެވެ.

އޮކްޓޫބަރުމަހުގެ 6 ވަނަ ދުވަހުގެރޭ ހަމާސްގެ މުޖާހިދުން އިސްރާއީލުގެ ތެރެއަށް ވަދެގަތީ، އަޔަން ޑޯމް ހެކްކުރުމަށްފަހު އެތައްހާސް ރޮކެޓާއި މިސައިލުން ހަމަލާދެމުންނެވެ. އެ ހަމަލާތަކުގައި އިސްރާއީލު ސިއްސައިގެންދާ ވަރުގެ ގެއްލުންތަކާ ކުރިމަތިވީވެސް އަޔަން ޑޯމް ފެއިލްވުމުންނެވެ.

ތެލް އަވީވާއި އިސްރާއީލުގެ މެދުތެރޭގެ ހިސާބުތަކަށް މިހާރު ވެއްޓި ގެތަކާއި، އިމާރާތްތަކާއި، މަގުތަކާއި ވެހިކަލްތައް ގޮވަންފެށީ، އަޔަން ޑޯމް ކޮރަޕްޓްވެ، އޭގެން ފޮނުވާ މިސައިލްތައް، އެނބުރެމުން ސެނބުރެމުންގޮސް، އިސްރާއީލުގެ ތަންތަނަށް އަމާޒުވެގެންނެވެ.

ތެލް އަވީވްގެ އާންމުންގެ ގެތަކަށާއި، އިމާރާތްތަކަށް ހަމަލާތައް އަމާޒުވުމުގެ އިތުރުން، ތެލް އަވީވްގެ ހޮސްޕިޓަލަކަށްވެސް މިސައިލް ހަމަލާއެއް އަމާޒުވެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާއަށް ބަންޑުންވަމުން އެބަދެއެވެ. ބޮޑެތި ގޮވުންތައް ގޮވާ މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.

ތެލް އަވީވްގެ ހޮސްޕިޓަލަކަށް މިސައިލް ހަމަލާއެއް މި އަމާޒުވީ، ޣައްޒާގެ އެންމެބޮޑު ހޮސްޕިޓަލް ކަމަށްވާ ޝިފާ ހޮސްޕިޓަލަށް ބޮންއަޅާނެ ކަމަށް އިސްރާއީލުން އެތައް އިންޒާރުތަކެއް ދެމުން ގެންދިއުމާއި، ކުރިން އެ ހޮސްޕިޓަލް ކައިރިއަށް ބޮންއަޅައި އަދި ހޮސްޕިޓަލްގެ ސޯލާ ޕެނަލްތަކަށްވެސް ބޮންއަޅައި ހަލާކުކޮށްލާފައި ވަނިކޮށެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނަނީ، އަޔަން ޑޯމް އަނެއްކާވެސް ހެކްކުރީ ކަމަށް ބެލެވޭ ކަމަށެވެ.

އަޔަން ޑޯމްގެ މައްސަލަޖެހި އިސްރާއީލުގެ މެދުތެރެ ގޮވަމުންދާއިރު، ހަމާސްއާއި، އިސްލާމިކް ޖިހާދުގެ މުޖާހިދުން އެތައްހާސް ރޮކެޓާއި މިސައިލުން އިސްރާއީލަށް ހަމަލާތައް ދެމުން އެބަގެންދެއެވެ. ރޮކެޓުގެ ވާރޭ ދަނީ އިސްރާއީލަށް އޮހެމުންނެވެ.

ހަމާސްއާއި، އިސްލާމިކް ޖިހާދުގެ ހަމަލާތަކުން ރެކެން ހަދައިގެން އިސްރާއީލު އަމިއްލައަށް ދަނީ ބޮނޑިވެސް ބޮމުންނެވެ.

އައްޔަން ޑޯމްގައި މައްސަލަ ޖެހުނީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް އިހުނަށްވުރެ ވަރުގަދައަށް ބޮންއަޅަމުން ގެންދަނިކޮށްވެސް މެއެވެ.

ޓެރަރިސްޓުގެ އުދުވާނީ ހަމަލާތަކުގައި ޣައްޒާއިން ބިޔަ ބޮޑެތި އަލިފާންގަނޑުގަނޑުވެސް ފެންނަމުން އެބަދެއެވެ.

ޓެރަރިސްޓުން ހިންގާ ގަތުލުއާންމުތަކާއި، ހަނގުރާމައިގެ ޖަރީމާތައް ދުނިޔެއަށް އެނގި ފާޅުވެދާނެތީ މިރޭ ހަމަލާތައް ފެށީވެސް ޣައްޒާއިން އިންޓަރނެޓާއި، ފޯނުގެ ޚިދުމަތްވެސް ކަނޑާލުމަށް ފަހުގައެވެ.

[V1]