އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ނޮވެމްބަރު މަހުގެ ނިޔަލާ ހަމައަށް ކުރިއަށްދާ ކޭޝްބެކް ޕްރޮމޯޝަނެއް އުރީދޫއިން ތައާރަފްކޮށްފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި، ބްލެކް ޕަރލް، މީޓް ސްޓްރީޓް، ގްލޯރިއާ ޖީންސް، ޕިއްޒާ އެންޑް ޕާސްތާ މާމާ މިއާ، ހޮޓް ޑިޝް އަދި ވީއާރް ކެފޭ ގެ ގޭމްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ބިލުގެ 10 އިންސައްތަ އަބުރާ ވޮލެޓަށް ވަގުތުން ޖަމާވާނެކަމަށާއި މި ޕްރޮމޯޝަން އަކީ އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހަކަމާއި ހިތްހަމަޖެހުން އިތުރުކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮމޯޝަނެއްކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.
އެމް-ފައިސާއަކީ ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފާ ކުރުމާއި، ފިހާރަ، ރެސްޓޮރެންޓް އަދި ކެފޭ ފަދަ ތަންތަނަށް އިތުބަރާއި ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ވޮލެޓެކެވެ. މީގެއިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ. އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓަށް ކޭޝް އިން ކުރުމުގެ ފަސޭހަކަންވެސް ވަނީ އެމް-ފައިސާ އިން ފަހިކޮށްދީފައެވެ. ހަމައެއާއެކު، އެމް-ފައިސާ މެދުވެރިކޮށް ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވޭނެއެވެ.
އެމް-ފައިސާއަށް ރެޖިސްޓަރ ވާން ބޭނުންފުޅުވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ.
އެމް-ފައިސާ އަށް ރެޖިސްޓަރ ވާނެގޮތަކީ އުރީދޫ އެޕް ޑައުންލޯޑް ކުރެއްވުމަށްފަހު، އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން އަށް ފިތާލުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލް ތައް ފުރުމަށްފަހު، ފޯނަށް ލިބޭ އޯޓީޕީ ޖަހާނީއެވެ. އެއަށްފަހު މޮބައިލް ނަންބަރު ޖެއްސެވުމަށް ފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓް ކުރުމަށްފަހު، މޮބައިލް ނަމްބަރާއި 4 ޑިޖިޓްގެ ޕިން ޖަހައި، ފޯނަށް ލިބޭ އޯޓީޕީ ޖެހުމަށްފަހު ރަޖިސްޓްރޭޝަން ފުރިހަމަ ކުރާނީއެވެ.
އެމް-ފައިސާ ގެ ފަސޭހަކަމާއި ހާއްސަ އޮފަރތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.