އުރީދީ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް "އެމް-ފައިސާ" އިން ހަމަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިޕްރޮމޯޝަނާއެކު އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސް ހާސިލުވުމުގެ ފުރުސަތު ލިބެއެވެ.
ޔޫޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1،500 ރުފިޔާ އާއި އެއަށް ވުރެ އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ހިމެނިގެންދާނެއެވެ.
ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެތާކު ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެއެވެ.
ޔޫޓިލިޓީ ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ގިނަ އަދި މަގުބޫލު ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެއެވެ.
އެމް-ފައިސާއަށް ރެޖިސްޓަރ ވާން ބޭނުންފުޅުވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ.
1. އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ: އުރީދޫ އެޕް
2. އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަނަށް ފިތާލައްވާ
3. އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލްތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖައްސަވާ
4. މޮބައިލް ނަންބަރު ޖެއްސެވުމަށް ފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓް ކުރައްވާ
5. މޮބައިލް ނަމްބަރާއި 4 ޑިޖިޓްގެ ޕިން ޖައްސަވާ
6. ފޯނަށް ލިބޭ އޯޓީޕީ ޖެއްސެވުމަށް ފަހު ރަޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ
އެމް-ފައިސާގެ ފަސޭހަކަމާއި ހާއްސަ އޮފަރތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެއެވެ.