އިސްރާއީލުގެ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނައުަމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުވާފައިވަނީ 19ވަަނަ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ.

މެމްބަރު ނަޝީދުގެ ހުށަހައްވާފައިވަނީ ރާއްޖެ އެތެރެވުން މަނާ މީހުންގެ ގޮތުގައި އިމިގްރޭޝަން ޤާނޫނުގައި ބަޔާން ކުރާ މާއްދާގެ ފަހަތަށް އިތުރު އަކުރެއް ހިމެނުމަށެވެ.

ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މެންބަރު ނަޝީދު ވިދާޅުވެފައިވަނީ، ނިރުބަވެރި އިސްރާއީލުގެ ހަރުކަށި ޔަހޫދީން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމުގައި އެތައް ކުޑަކުދިންނާއި އަންްހެނުން މަރަމުން ދާތީ، އިސްރާއީލުގެ އަމަލުތައް ހުއްޓުވުމަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ.

ރާއްޖެ ވެސް ހިމެނޭ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ވެސް އެ ޖަމާއަތުގެ ގައުމުތަކަށް އިސްރާއީލު ޕާސްޕޯޓުގައި އެތެރެވުން މަނާކޮށްފައިވާއިރު، ރާއްޖެއިން ވެސް ފިޔަވަޅު އަޅައި ނަމޫނާ ދެއްކުމަކީ މުހިންމު ކަމެއް ކަމަށް މެމްބަރު ވިދާޅުވެއެވެ.

އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު މިދިޔަ ހަފްތާގައި ވަނީ މަޖިލިސް އިދާރާ ދޮރުމަތީގައި އިހުތިޖާޖުކޮށްފަ އެވެ. ފެހި ހެދުމުގައި ކުރި އެ އިހުތިޖާޖުގައި އެ މީހުންގެ އެންމެ ބޮޑު ޑިމާންޑަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމެވެ.

އެ ފިއްތުންތަކާ އެކު، މަޖިލީހުގެ ހާރިޖީ ކޮމިޓީން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ނިންމައިފައެވެ.

މެމްބަރު ނަޝީދުވަނީ ދާއިރާތަކުގެ ރައްޔިތުން އެ ދާއިރާއެއްގެ މެމްބަރު މިބިލަށް ތާއީދުކުރެއްވުމަށް ބާރުއެޅުމަށް އެދިވަޑައިގެންފައެވެ.