ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ޢައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މި 22 މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023ވީ ހުކުރުދުވަހުގެ ރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން:

  • އިކޮނިމިކް މިނިސްޓަރު: މުޙައްމަދު ސަޢީދު
  • ޓޫރިޒަމް މިނިސްޓަރު: އިބްރާހީމް ފައިޞަލް
  • ހައުސިން މިނިސްޓަރު: ޑރ. ހައިދަރު އަޙުމަދު
  • ހެލްތު މިނިސްޓަރު: ޑރ. އަބްދުﷲ ހަލީލް
  • އެޑިއުކޭޝަން މިނިސްޓަރު: ޑރ. އިސްމާއިލް ޝަފީޢު
  • ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރު: ޠާރިޤް އިބްރާހީމް
  • ޖެންޑާ މިނިސްޓަރު: ޑރ. އައިޝަތު ޝިހާމް
  • ޓްރާންސްޕޯޓް މިނިސްޓަރު: މުޙައްމަދު އަމީން (ކެޕްޓަން އަމީން)
  • ފޮރިން މިނިސްޓަރު: މޫސާ ޒަމީރު
  • ޑިފެންސް މިނިސްޓަރު: ޣައްސާން މައުމޫން
  • ލޯކަލް ގަވަރުނަންސް މިނިސްޓަރު: އާދަމް ޝަރީފް ޢުމަރު
  • ފިޝަރީޒް މިނިސްޓަރު: އަޙުމަދު ޝިޔާމް
  • ހޯމް މިނިސްޓަރު: ޢަލީ އިހުސާން (ކެޕްޓަން އިހުސާން)
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު: ޑރ. މަރިޔަމް މާރިޔާ
  • އިސްލާމިކް މިނިސްޓަރު: ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު
  • ސްޕޯޓްސް މިނިސްޓަރު: ޑރ. ޢަބްދުﷲ ރާފިއު
  • ފިނޭންސް މިނިސްޓަރު: ޑރ. މުޙައްމަދު ޝަފީގު
  • ގައުމިއްޔަތު މިނިސްޓަރު: އާދަމް ނަސީރު އިބްރާހީމް
  • ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓަރު: އިބްރާހީމް ވަހީދު (އަސްވާޑު)
  • އެގްރިކަލްޗަރަލް މިނިސްޓަރު: ޑރ. އައިޝަތު ރަމީލާ
  • އިންފްރާންސްޓެކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު: ޑރ. ޢަބްދުﷲ މުއްތަލިބު

މީގެ އިތުރުން ބަންޑާރަ ނައިބުގެ މަގާމަށް އައްޔަންކުރެއްވި އަޙުމަދު އުޝާމްވެސް ވަނީ މަޤާމުގެ ހުވާކުރައްވައި އިޤްރާރުގައި ސޮއިކުރައްވާފައެވެ. މިމަޤާމު ކަށަވަރުވުމާއެކު އުޝާމްވަނީ މެމްބަރުކަމުން އިސްތިއުފާދެއްވާފައެވެ.

ހުވާކުރެއްވި ވަޒީރުންނަށް ރައީސް ޑރ. މުއިއްޒުވަނީ މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.