އިސްރާއީލުގެ ހަރުކަށި ޔަހޫދީން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މި ޕެޓިޝަނަކީ "ރައިޓް މޫވްމަންޓުން" އިސްނަގައިގެން ގިނަ އަދަދެއްގެ ޖަމިއްޔާތަކާއި ކްލަބްތައް ގުޅިގެން، އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހްތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިސްރާއީލުގެ ރަށްވެހިން ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.
މިޕެޓިޝަން މަޖިލީހަށް ހުޝަހަޅާފައިވަނީ 1000 ސޮޔާއެކުއެވެ.
އެހެން ނަމަވެސް މި ޕެޓިޝަންގައި ސޮއިކުރުން އަދި ހުއްޓާނުލައެވެ. ރައިޓް މޫވްމަންޓުން ބުނާ ގޮތުގައި ޑިސެމްބަރު މަހުގެ 15އާ ހަމައަށް ސޮއިކުރުން ކުރިޔަށް ދާނެއެވެ. އެއަށްފަހު އެހާތަނަށް ލިބޭ ހުރިހާ ސޮޔަކާއެކު ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަން ހުށަހެޅުމަށް ރައިޓް މޫވްމަންޓުން ވަނީ ނިންމާފައެވެ.
މި ޕެޓިޝަނަށް މިހާތަނަށް މާލެއިން 10،000އަށްވުރެން ގިނަ ސޮއި ލިބިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޮއިކުރުމުގެ މަސައްކަތް ބާރަށް ދަނީ ކުރިޔަށް ކަމަށް ރައިޓް މޫވްމަންޓުން މައުލޫމާތުދެއެވެ. މިޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތުގައި ރަށްރަށުގައި އިސްނަގައި މިހަރަކާތް އެރަށެއްގައި ހިންގުމަށް ބޭނުންވާ ފަރާތްތަކުން ފޯކަލް ޕޮއިންޓުންގެ ގޮތުގައި ބައިވެރިވުމަށް އެ މޫވްމަންޓުން އެެދެއެވެ.
މިކަމުގައި ރައިޓް މޫވްމަންޓާއެކިީ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ރައިޓް މޫވްމަންޓް ޕޭޖު މެދުވެރިކޮށް އެކަމަށް އެދެވޭނެއެވެ.
މާލޭގައި ކުރުމުގެ ހަރަކާތްތައް ކުރިޔަށްދާ ވަގުތު ރައިޓް މޫވްމަންޓުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ރައިޓް މޫވްމަންޓުން ބުނެއެވެ.