މިދިޔަ މަހު އޮކްޓޯބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި އޮކްޓޯބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 5 އިންސައްތަ ވަނީ ދަށްވެފައެވެ. 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 364 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު މި ޢަދަދުވަނީ 336 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އޮކްޓޯބަރު މަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އެފްއޯބީ އަގު ވަނީ 2022 ވަނަ އަހަރުގެ މި މުައްދަތާއި އާޅާބަލާއިރު، 13 އިންސައްތަ ދަށްވެފައެވެ. 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭން 187 މިލިއަން ރުފިޔާގެ މުދާ އެކްޕޯޓްކޮށްފައިވާރު، މިއަހަރު މިއަދަދު އުޅެނީ 163 މިލިއަން ރުފިޔާގައެވެ.

އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 17 އިންސައްތަ ވަނީ އިތުރުފައެވެ. 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިވެހިރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި ޢަދަދުވަނީ 5 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، އިންޑިއާ، ޗައިނާ، އޮމާން، އަދި މެލޭޝިއާ އެވެ. ޔޫ.އޭ.އީ އާއި އިންޑިއާ އިން 732 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 716 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މީގެއިތުރުން އޮމާން އިން 688 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މެލޭޝިއާ އިން 390 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މިިދިޔަ މަހު އެންމެ ގިނައިން ރާއްޖޭން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ތައިލޭންޑް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި ވިއެޓްނާމްއެެވެ.

ރާއްޖެއިން މިދިޔަމަހު އެންމެ އިންއިން އެކްސްޕޯޓް ކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން 74 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓް ކޮށްފައިވެއެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓްކުރީ ކައްކާ، ސާފުކޮށްފައިހުރި ކަޅުބިލަމަހެވެ. އޭގެ 36 މިލިއަން ރުފިޔާގެ މަސް މިދިޔަމަހު ވަނީ އެކްސްޕޯޓްކޮށްފައެވެ.