ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވީ ކެބިނެޓަށް އައްޔަންކުރެއްވި 22 ވަޒީރުންނަށް ރުހުންދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅާފައިވަނީ 20 ނޮވެމްބަރު 2023 ވީ ހޯމަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްހާ ހުވާކުރެއްވި ދުވަސް، 17 ނޮވެމްވަރު 2023 ވީ ހުކުރު ދުވަހުގެ ރޭ ހުވާކުރައްވައި، އިޤްރާރުގައި ސޮއިކުރައްވާފައިވާ އައު ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅީ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިންނެވެ.

ރިޔާސީ އައު ދައުރާއެކު ރައީސް ޑރ. މުޙައްމަދު ވަނީ އަލަށް ހަތަރު ވުޒާރާއެއް އުފައްދަވާފައެވެ. އަލަށް އުފެއްދެވި ވުޒާރާތަކަކީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއެވެ.

ރައީސް އާއި ނައިބުރައީސްގެ އިތުރުން ވަޒީރުންގެ މަޖިލީސް އެކުލެވިގެން ވަނީ އެކިއެކި ވުޒާރާތައް ހިންގުމާ ރައީސް ހަވާލުކުރާ ވަޒީރުންނާއި، ބަންޑާރަނައިބުގެ މައްޗަށެވެ. ރައީސް އާއި ނައިބުރައީސް ފިޔަވައި ވަޒީރުންގެ މަޖިލީހުގެ އެހެން މެންބަރުންނަށް މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ.

މިހިނގާ ދައުރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

  • މިނިސްޓާ އޮފް ޑިފެންސް މުޙައްމަދު ޢައްސާން މައުމޫން
  • މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު
  • މިނިސްޓާ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤް
  • މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާން
  • މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު
  • މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީޢު
  • މިނިސްޓާ އޮފް ޓޫރިޒަމް އިބްރާހިމް ފައިޞަލް
  • މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު ޑރ. ޢަލީ ހައިދަރު
  • މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު
  • މިނިސްޓާ އޮފް ހެލްތު ޑރ. ޢަބްދުالله ހަލީލް
  • މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް
  • މިނިސްޓާ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު
  • މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން
  • މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ
  • މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. ޢަބްދުالله މުއްޠަލިބު
  • މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އައިޝަތު ރަމީލާ
  • މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް
  • މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖު, އެންވަޔަރަމަންޓު އެންޑް އެނާޖީ ޠާރިޤް އިބްރާހިމް
  • މިނިސްޓާ އޮފް ދިވެހި ލޭންޖުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖު އާދަމް ނަސީރު އިބްރާހިމް
  • މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓު, އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)
  • މިނިސްޓާ އޮފް ސްޕޯޓްސް, ފިޓްނެސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުالله ރާފިއު
  • އެޓާނީ ޖެނެރަލް އަހްމަދު އުޝާމް

މިއީ މިހާތަނަށް ރާއްޖޭގައި އެކުލަވައިލި އެންމެ ގިނަ މިނިސްޓަރުން އެކުލެވޭ ކެބިނެޓެވެ. މި ކެބިނެޓުގައި ހިމެނޭ އަންހެން މިނިސްޓަރުންގެ އަދަދަކީ ތިނެކެވެ. ނިމިދިޔަ ދައުރާ އަޅާބަލާއިރު ކެބިނެޓުގައި އަންހެންބޭކަނބަލުން މަދުކަން ފާހަގަކޮށްލަންޖެހެއެވެ.

ޤާނޫނުއަސާސީގެ 129 މާއްދާގެ (ރ)ގައިވާ ގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަނު ކުރައްވާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސް ހުށަހަޅަންވާނެއެވެ.