ދިވެހި ކެޔޮޅުންގެ އަގުވަޒަންކުރުމަށް ދޭ ކެޔޮޅުންގެ އެވޯޑަށް އެދި ކުރިމަތިލުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނީ، މަސްވެރިކަމުގައި އަމަލީގޮތުން އުޅެމުން އަންނަ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ، އެންމެ ހިދުމަތްތެރި ޒުވާން (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅު ހޮވައި، އެވޯޑެއް ދޭން ހަމަޖެހިފައިވާ ކަަމަށެވެ.

މިއެވޯޑް ދޭނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައެވެ.

އެހެންކަމުން، މި ދެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތު ފުރިހަމަވާ ފަރާތްތައް ފޯމް ފުރިހަމަ ކުރުމަށް ފަހު ނޮވެމްބަރު 30 ވަނަ ދުވަހު 12:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. މި ދެ އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެއެވެ.

ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހަޅަންޖެހޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން އަދި އިދާރާއިން ލިބެން ހުންނާނެއެވެ.

އެވޯޑަށް އެދި ހުށަހަޅާ ފޯމް ފުރައި، ޕީޑީއެފް ކުރުމަށްފަހު މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވަން ވަނީ އެދިފައެވެ.