މިއަދުގެ މެހްމާނަކީ އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުމަށް ބޭނުންވާ ފަރާތެކެވެ. ލޯފަން އެކަމަކު، ހިތްވަރުގަދަ ތޫނުފިލި އަންހެނެކެވެ. ކުރިއަރަމުން އަންނަ ޤާރީ އެކެވެ. އަދި މިއަށް ވުރެ ވެސް ހާއްސަ ގޮތަކަށް މިއަދުގެ މެހްމާން ފާހަގަކުރަންޖެހެ އެވެ. އޭނާ މިހާރު ވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށްފަ އެވެ.

މިއަދުގެ މެހްމާނަކީ ބ. ތުޅާދޫއަށް އުފަން އުމުރުން 38 އަހަރުގެ އައިމިނަތު އަލީ އެވެ. އައިންތުގެ އާއިލާގައި އަށް ކުދިން ތިބޭއިރު އޭނާ އަކީ ލިސްޓުގެ ހަތަރުވަނަ އެވެ.