އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު މިނިވަންކަމާއެކު ކުރިއަށް ގެންގޮސްދިނުމަށް ގޮވާލައި 800 މީހުންގެ ސިޓީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅައިފި އެވެ.

ގިނަ ބަޔަކާއެކު ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވެ އެ ސިޓީތައް ފުލުހުންނާ ހަވާލުކުރީ ޔާމީންގެ ބައްޕަ ހުސައިން ރަޝީދު އެވެ.

އޭނާ ވިދާޅުވީ މިއަދު ހުށަހެޅި ސިޓީގައި ޔާމީންގެ ތަހުގީގު މިނިވަންކަމާއެކު ކުރިއަށް ގެންގޮސްދިނުމުގެ އިތުރަށް މައްސަލަ އަވަހަށް ތަހުގީގުކޮށްދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.

ޔާމީންގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޔާމީންގެ ބައްޕަ ވިދާޅުވީ ޔާމީން މަރާލާފައިވާތީ ފުލުހުން އާއިލާއަށް ހިތްވަރުދެއްވި ކަމަށެވެ. އަދި ޔާމީންގެ ގާތިލުން ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވި ނަމަވެސް މައްސަލައިގެ މާގިނަ މައުލޫމާތެއް ހިއްސާ ނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.