އަލީ ސުޒޭން:

"ވޯލްޑް ކަޕްގެ ގުރުލުން ދިޔަގޮތައް ބަލާއިރު ގްރޫޕް އޮފް ޑެތް އަކީ ގްރޫޕް ޑީ. ގިނަ ގުރޫޕްތައް ހުރީ ވަރަށް ވާދަވެރިކޮށް. ބްރެޒިލް އާއި ޖަރުމަން ހިމެނޭ ގްރޫޕް ވެސް ތަފާތު ކަންތައްތަކެއް ފެނިގެންދިޔުން ވަރަށް ގާތް. މިހާރު އޮތްގޮތައް ބަލާއިރު ފުރަތަމަ ބުރުވެސް ވަރަށް ވާދަވެރިވާނެ ކަމަށް ގަބޫލު ކުރަނީ. ހަގީގަތުގައި ފަހުގެ ތާރީހްގައި އައިސްލެންޑްގެ ފަރާތުން ފެނިފައިވާ ކުޅުމަށް ބަލާއިރު އާޖެންޓީނާއަށް ވެސް އުނދަގޫތަކެއް ކުރިމަތި ކުރުމަކީ ވެދާނެ ކަމެއް"