ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ 'ޓައިގާ ޒިންދާހޭ' 500 ކްރޯޑް ކްލަބާ ގާތަށް ޖެހިލައިފިއެވެ.

ބޮލީވުޑްގައި އުފައްދާފައިވާ 500 ކްރޯޑް ކްލަބަށް އެންމެފަހުން ވަދެފައިވާ ފިލްމަކީ 'ބަހޫބަލީ 2' ކެވެ. އެ ފިލްމަށްފަހު ދެން އެންމެ އަވަހަށް މި ކްލަބާ ގުޅޭނެ ކަމަށް ބެލެވެނީ 500 ކްރޯޑާއި ދާދި ގާތްކޮށްފައިވާ ސަލްމާން ހާންގެ 'ޓައިގާ ޒިންދާހޭ' އެވެ.

ފިލުމު އަޅުވަން ފެށިފަހުން 15 ދުސްވެފައިވާއިރު ފިލުމުގެ އާމްދަނީ 500 ކްރޯޑާއި ކައިރިކޮށްފައިވާ 'ޓައިގާ ޒިންދާހޭ' އަކީ 'އޭކް ތާ ޓައިގާ' ގެ ސީކްއަލް އެކެވެ.

ކެޓްރީނާ ކައިފް އާއި ސަލްމާން ހާން އެކުގައި ފެނިގެންދާ މިފިލުމަކީ އެކްޝަން ތްރިލާ އެކެވެ. ފިލްމުގެ ގިނަ މަންޒަރުތަކުގައި ދައްކަނީ ހަނގުރާމައިގެ އުކުޅުތަކެވެ.

މިއީ ކިޑްނެޕްކޮށްފައިވާ ނަރުހުންތަކެއް ސަލާމަތް ކުރުމަށް ކެޓްރީނާ އާއި ސަލްމާން އައިސިސް ހަނގުރާމަވެރިންނާ ދެކޮޅަށްކުރާ ހަނގުރާމަ ދައްކުވައިދޭ ފިލްމެކެވެ. މި މިފިލްމަށް އިންޑިއާގެ އިތުރުން އެހެން ގައުމުތަކުންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އާދެއެވެ.