ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށްގެން ދޫކުރުމަށް ނިންމާފައިވާ 1،000 ފްލެޓަށް 2،000 އަށް ވުރެ ގިނަ މުވައްޒަފުން ކުރިމަތިލައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު މުވައްޒަފުންނަށް ހާއްސަކުރި 1،000 ފްލެޓަށް ސަރުކާރުގެ 16 އޮފީހަކުން 2،161 މުވައްޒަފުން ކުރިމަތިލާފައިވާ ކަމަށެވެ.

މިނިސްޓަރު މުއިއްޒު އިތުރަށް ވިދާޅުވީ "ބަޣާވާތް ކުރަން އުޅުނަސް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުން ހުއްޓުމެއް ނެތި ދަނީ ކުރިއަށް" ކަމަށެެވެ.