ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ފުރަތަމަ ފިލްމު "ވަކިން ލޯބިން" ޕްރިމިއަރކޮށްފިއެވެ.

ރޭ އޮލިންޕަހުގައި ބޭއްވި ރަސްމިއްޔާތަކަށްފަހު "ވަކިން ލޯބިން"ގެ ފުރަތަމަ ޝޯ ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.

ފިލްމު ބެލި ހުރިހާ ފަރާތްތަކުންވެސް ވަނީ ފިލްމު ކަމުދާކަމަށް ބުނެފައެވެ.

"ވަކިން ލޯބިން"ގެ ޕްރޮޑިއުސަރު މުހައްމަދު އަލީ މޮގާ ބުނީ ފިލްމަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބެމުންދާކަމަށާ ފުރަތަމަ ޝޯއަށްފަހު ބެލުންތެރިންގެ ފަރާތުން ލިބުނު ކޮމެންޓްތަކާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ.

ނަމަވެސް ބެލުންތެރިންގެ ތަރުހީބު ބޮޑު ފިލްމު ދެއްކުމަށް އެކަށީގެންވާ މުއްދަތެއް ޑާކްރެއިންއަށް ލިބިފައެވެ. އެކަމާއި ގުޅިގެން ފިލްމު ސުޓޫޑިއޯއިން ވަނީ އެ ސުޓޫޑިއޯގެ އައު ފިލްމު "ގޮށްރާޅު" އަންނަ މަހު އެޅުވުމަށް ހަމަޖެހިފައިވާ ތާރީޚުގައިވެސް "ވަކިން ލޯބިން" ދައްކަން ނިންމާފައެވެ.

އަދި "ގޮށްރާޅު" ދައްކާނެ ތާރީޚު ފަހުގެ ތާރީޚެއްގައި އިއުލާނުކުރާނެކަމަށްވެސް މޮގާ ވަނީ ބުނެފައެވެ.