އިނގިރޭސި ޝާހީ އާއިލާއިން އާންމުންނާއި ބައްދަލުކުރާ ހަފްލާއެއްގައި އަންނަ ހަފްތާގައި ކޭޓް މިޑްލްޓަން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިހަފްލާގައި ކޭޓްގެ ދޮށީ ދެދަރިން ކަމުގައިވާ ޕްރިންސަސް ޝާލޮޓް އާއި ޕްރިންސް ޖޯޖްވެސް ބައިވެރިވާނެ އެވެ.

މިއީ މިދިޔަ މަހު ބޭއްވި ޕްރިންސް ހެރީގެ ޝާހީ ކައިވެނީގެ ރަސްމިއްޔާތަށްފަހު ޝާހީ އާއިލާގެ ހުރިހާ ބޭފުޅުންނާއި އެކު އާންމު ރަސްމިއްޔާތެއްގައި ކޭޓް ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.

އަންނަ ހަފްތާގެ ބަންދުގައި ބާއްވާ މި އާންމު ހަފްލާގައި ޝާހީ އާއިލާގެ ހުރިހާ މެންބަރުން އެއްތަނަކުން އާންމުންނަށް ފެންނާނެ އެވެ. މި ހަފްލާ އަކީ ރާނީގެ އުފަސްދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ.

އުމުރުން 36 އަހަރުގެ ޑަޗަސް އޮފް ކޭމްބްރިޖް ރާނީ އެލިޒަބަތު ދެވަނައިގެ އުފަންދުވަހުގެ ރަސްމީ ހަފްލާގައި ބައިވެރިވާނެއެވެ. "ޓްރޫޕިން ދަ ކަލަރ" ގެ ނަމުގައި ބާއްވާ ރާނީގެ ރަސްމީ އުފަންދުވަހުގެ ހަފްލާއަކީ ޝާހީ އާއިލާގެ ހުރިހާ ފިރިހެން މެންބަރުން މިލިޓަރީ ޔުނިފޯމުގައި ބައިވެރިވާން ޖެހޭ ހަފްލާއެކެވެ.

ކޭޓް އާއި ޕްރިންސް ވިލިއަމްގެ ހަގު ދަރިފުޅު ޕްރިންސް ލުއިސް މި އަހަަރު ޝާހީ އާއިލާގެ އެއްވެސް ހަރަކާތަކުން ނުފެންނާނެއެވެ. ޕްރިނސް ލުއިސް އަށް އަދި އަހަރެއްވެސް ނުވާތީ އެއްވެސް އާންމު ހަފްލާ އަކަށްވެސް ނުގެންދެއެވެ.

މިއަހަރަކީ ފުރަތަމަ ފަހަށް މޭގަން މާކެލް އޭނާގެ ފިރިމީހާ ޕްރިންސް ހެރީ އާއި އެކު ބަކިންހަމް ޕެލެސްގެ ބެލްކަނީގައި މަޑުކޮށްލާ ފުރަތަމަ އަހަރެވެ. އާންމުންނަށް ފެނިލުމަށްޓަކާ 36 އަހަރުގެ މޭގަން ހެރީ އާއި އެކު ޝާހީ އާއިލާގެ ހުރިހާ މެންބަރުންނާއެކު ބައިވެރިވާ މިހަފްލާއަކީ އޭނާވެސް މިފަދަ ގޮތަކަށް ފެންނަ ފުރަތަމަ ފަހަރެވެ.