ތިރީހާ ގުރުއާން ކުލާހުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ގުރުއާން މުބާރާތް "ތިރީހާ ރަންތަރި"ގެ ނަތީޖާ ފާޅުކޮށް ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ދީފި އެވެ.

މުޅި މުބާރާތުން ހިތުން ކިޔުމުގެ ބައިން އެއްވަނަ ހޯދީ އައިޝަތު ޝަބްވާ ފަޔާޒް އެވެ. މުޅި މުބާރާތުން ބަލައިގެން ކިޔުމުގެ ބައިން އެއްްވަނަ ހޯދީ ސާރާ އަހުމަދު ސައީދެވެ.

އެކި އުމުރު ފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ 4 އަހަރުން ދަށުގެ އުމުރުފުރާއިން ހިތުން ކިޔުމުގެ ބައިން އެއްވަނަ ހޯދީ މިކްޔާލް މުބީން އެވެ.

6 އަހަރުން ދަށުގެ އުމުރުފުރާއިން ހިތުން ކިޔުމުގެ ބައިން އެއްވަނަ ހޯދީ އައިމިނަތު ޒީކް އަދި މަންހާ ބިންތް އިބްރާހިމް އެވެ. 8 އަހަރުން ދަށުގެ އުމުރުފުރާއިން ހިތުން ކިޔުމުގެ ބައިން އެއްވަނަ ހޯދީ އަބުދުﷲ ހިޒްޔަމް ބިން ހަސަން އެވެ.