ކުޅުންތެރިން ރޯދަ ވީއްލަން ވަގުތު ދިނުމުގެ ގޮތުން މެޗުގެ ތެރެއިން ޓިއުނީޝިއާގެ ގޯލް ކީޕަރު މަކަރު ހަދައިފިއެވެ.

މިކަން ކޮށްފައިވަނީ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޓިއުނީޝިއާގެ ގޯލް ކީޕަރު މޮއޭޒް ހަސަން އޭނާ އަށް އަނިޔާވި ކަމަށް ބުނެ މެޗް މެދު ކަނޑާލައިގެންނެވެ.

މި ހަފްތާގައި ކުޅުނު ދެ މެޗްގައިވެސް މޮއޭޒް އަށް އަނިޔާވިކަމަށް ބުނެ އޭނާ މަކަރު ހެދުމުގެ ސަބަބުން މެޗްގެ މެދުތެރެއިން ކުޅުން ހުއްޓާލާ ރެފްރީގެ އިޝާރާތަށް މެޑިކަލް ޓީމުން ވަނީ އަށިގަނޑު ހިފައިގެން ދަނޑަށް އަރާފައެވެ.