












ހިމަންދޫ ކުރީގެ ހުކުރު މިސްކިތަކީ 26 ފޫޓު 27 ފޫޓުގެ ބިނާއެކެވެ. މިތަން ބިނާކުރުމަށް ބޭނުންކޮށްފައި ވަނީ މުޅިންވެސް ހިރިގަލެވެ. 4 ފުރާޅަށް ހިޔާކޮށްފައިވާ މިތަނުގެ މަތިވަޑާންގަނޑު ހަދާފައި ވަނީ 19 ފޫޓު 13 ފޫޓުގެ [އިހު ޒަމާނުގައި ކިޔާ ގޮތުން ނަމަ] ބުޅާ ފިލާ ޖަހައިގެންނެވެ. އަދި 6 އިންޗި 6 އިންޗީގެ މިސްކިތުގެ އެތެރޭ ވަށާމިނަށް ދުނބުރިގަހުގެ ލަކުޑިން ބެރި އަޅައި ބެރީގެ ދެ ފަރާތުން ލާފެންކޮށް ލިއެލާޖަހައި ބިންވަޅުނަގައި [ފަސޭހައިން ފަހުމުވާ ގޮތަކަށް ބުނާ ނަމަ، މާލޭގެ ދުވަސްވީ ހުކުރު މިސްކިތާއި އެއް ފަދަ ގޮތަކަށް އާސާރީކޮށް ފަރުމާކޮށް ހަދާފައިވާ މިސްކިތެކެވެ. 318 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މިމިސްކިތް އިމާރާތްކޮށްފައި ވަނީ މުޅިން ވެސް ހިރިގާ ކީހައި ޖަހައިގެންނެވެ. ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު، މިއީ މީލާދީ ސަނަތުން 8 ޑިސެމްބަރު 1704 ގައި ނުވަތަ ހިޖުރީ ގޮތުން 1116 ވަނަ އަހަރުގެ ޝައުބާން މަހުގެ 10 ވަނަ ދުވަހު އިމާރާތްކޮށްފައިވާ ތަނެކެވެ. މިމިސްކިތް މިހާރު ހުރީ ގަބުރުސްތާނުގައި ކަމަށް ވާތީ، މިހާރު ވަނީ ބަންދުކޮށްފައެވެ. މިތަނުގައި ހުރި އާސާރީ ތަރިކަ ވަނީ ހިމާޔަތްކޮށްފައެވެ.
03 January 2023, 17:23