













ދިވެހީން ތިބީ ފަލަސްތީނާއެކުކަން ހާމަކޮށް ދައްކާލުމަށް ރާއްޖޭގައި ބޮޑު ހަރަކާތެއް ހިންގާފައިވެއެވެ. އިސްރާއީލުގެ ޔަހޫދީން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ދިވެހީން ތިބީ ފަލަސްތީނުގެ މުސްލިމުންނާއި މުޖާހިދުންގެ ދިފާއުގައިކަން ހާމަކޮށްދިނުމުގެ މަގުސަދުގައި ބޭއްވި މިހަރަކާތުގައި ބޭނުންކޮށްފައިވާ މައިގަނޑު ޝިއާރަކީ "އަހަރެމެން ފަލަސްތީނާއެކު" މި ޝިއާރެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި މަދަނީ ޖަމިއްޔާތަކާއި ކައުންސިލްތައްވެސް ގުޅިގެން ހުކުރު ދުވަހުވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވުންތަކާއި ހިންގާލުންތަކުގެ އިތުރުން ސައިކަލު ބުރުތައް ބާއްވާފައެވެ. '
13 October 2023, 21:13