ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުން ވިދާޅުވާގޮތުން މި ބަލި ޖެހޭ 80 އިންސައްތަ މީހުންގެ ގައިން ބަލި ފެންނަނީ އާދައިގެ ރޯގާއެއްގެ ގޮތުގައެވެ. ބައެއް މީހުންގެ ގައިން އެއްވެސް އާލާމާތެއް ނުފެނިވެސް ހުރެއެވެ. އޭގެ ތެރެއިން 15 ނުވަތަ 20 އިންސައްތަ މީހުން މިބަލީގައި ސީރިއަސް ހާލަތަކަށް ދާއިރު މިބަލިޖެހޭ 7 އިންސައްތަ މީހުން ބަލީގައި މަރުވެއެވެ.