ކޮވިޑް-19 އާއި ގުޅިގެން އަންނަ އިގްތިސާދީ ހީނަރުކަން ކުޑަ ކުރުމަށްޓަކައި، ގައުމާއި ވަކިވަކި ފަރުދުންގެ އިގްތިސާދު ރައްކާތެރިކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ލޯނުތައް ދެއްކުން ފަސްކޮށްދިނުމާއި، ކަރަންޓު އަދި ފެން ބިލު ދެއްކުމުގައި ސަރުކާރުން ވަނީ ވަނީ ލުއި ގޮތްތަކެއް ފަހިކޮށްދީފައެވެ. އެއާއެކު ރައްޔިތުންގެ ޝުކުރުގެ ބަސްތައް ސަރުކާރަށް ދަނީ ރައްދުކުރަމުންނެވެ.