VNEWS VTV LIVE VFM 99
News Report
Rated G

News Report

Raees Nasheed ge massala

17 Mar 2020

ދައުލަތަށް ގެއްލިފައިވާ ފައިސާ ތަކާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ ފަރާތްތަކާ ގާނޫނު އަރާ ހަމަ ކުރާނެ ވާހަކައަކީ މި ސަރުކާރުން ވެރިކަމަށް އައުމުގެކުރިން އެންމެ ބާރަށް ދެއްކި އެއް ވާހަކައެވެ. ވެރިކަން ލިބުމާއެކު އެ މަސައްކަތް ބާރު ސްޕީޑެއްގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފެއްޓެވިއެވެ. އެގޮތުން ގައުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް އެއްވެސް މީހަކު ކޮށްފިނަމަ އެ މީހަކަށް އޭގެ އަދަބު ލިބޭނެ ކަމަށާއި އަދި ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވާ މީހުންނަށް، ޤާނޫނީ ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން، "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު" ވެސް ތަސްދީގުކުރެއްވިއެވެ