VNEWS VTV LIVE VFM 99
News Report
Rated G

News Report

Guest House Awards (29 Sept 2019)

30 Sep 2019

ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި، އެފާރާތްތަކުން ކުރާ މަސައްކަތްތަށް ފާހަގަކުރުމުގެ ގޮތުން އެކި ދާއިރާތައް ހިމެނޭގޮތަށް ނުވަ ފަރާތަކަށް އެވޯޑް ދީފައި ވެއެވެ.

އެގޮތުން، ލީޑިންގ އިކޯ ފްރެންޑްލީ އެވޯޑް ލިބިފައިވަނީ ބ. މާޅޮހަށެވެ. ލީޑިންގ ޑައިވިން ވޯޓަރ ސްޕޯޓްސް އެންޑް އެޑްވެންޗަރ އައިލެންޑް އެވޯޑް އއ. ރަސްދޫއަށް ލިބިފައިވާއިރު، ލީޑިންގ ބިޒްނަސް އައިލެންޑް އެވޯޑް ލިބިފައިވަނީ އއ. އުކުޅަހަށެވެ.

މީގެއިތުރުން ލީޑިންގ ފިޝިންގ އެޑްވެންޗަރ އައިލެންޑް އެވޯޑް ވ. ކެޔޮދޫއަށް ލިބިފައިވާއިރު، ލީޑީންގ ކަނެކްޓިވިޓީ އެވޯޑް ލިބިފައިވަނީ ކ. މާފުށްޓަށެވެ. ލީޑީންގ ބީޗް އައިލެންޑް އެވޯޑް ލިބިފައިވަނީ ހުޅުމާލެއަށެވެ. އަދި ލީޑިންގ އޮތެންޓިކް ނޭޗަރ އައިލެންޑް ލިބިފައިވަނީ ބ. ފެހެންދުއަށެވެ.